މަސްވެރިންގެ ދުވަހު މާޅޮހުގައި”ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022“

photo_2022-12-09_22-36-35-pyy48gshitwaj0bziz6r6bqo9i6xe4p6xofaondvv8.jpg

މަސްރޭހުން އެއް ވަނަ ހޯދި ބަރަކޫޑާއަށް އިނާމު ދެނީ، ފޮޓޯ: މާޅޮސް ކައުންސިލް

ބ.މާޅޮހު ކައުންސިލުން އިންތިޒާމު ކޮށްގެން ”ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022“ ނަމުގައި މަސްރޭހެއް ބާއްވައިފިއެވެ.

މާޅޮހު ކައުންސިލުން ހާމަކުރި ގޮތުގައި މި މުބާރާތުގައި 11 ޓީމަކުން 82 މީހުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ އެކި ވަނަތަކަށް އިނާމު ކަނޑައަޅާފައިވާ އިރު ޗެމްޕިއަން ކަން ހޯދީ ޓީމު ބަރަކޫޑާ އެވެ. އެޓީމަށް 2000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ. އެވެ. އެންމެ ބަރު މަހެއް ބާނާފައިވަނީ ޓީމު އުތީމު ކެޔޮޅެވެ. މިޓީމަށް 500 ރުފިޔާގެ އިނާމެއް ވަނީ ދީފަ އެވެ.

މާޅޮހު ކައުންސިލުން ވިދާޅުވީ މިއީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

މިފަދަ މުބާރާތެއް އިންތިޒާމު ކޮށް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ލޯބި ޖައްސައި، އެ ދާއިރާއަށް މީހުން އަހުލުވެރި ކުރުވުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top