ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށި ޖަހާ ނިންމާލައިފިއެވެ.
މިމަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ވިދާޅުވީ އެ ރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ނިމުމަމާއި ހަމައަށް އައިސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ހިލަ ތޮށި ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފައިވާ ކަމަށާއި ނަމަވެސް ރިވެޓްމެންޓްގެ ބައެއް މަސައްކަތްތައް އެބަހުރި ކަމަށެވެ. މިހާރު ކުރިއަށް ދަނީ އޭގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމީހު ވިދާޅުވި ގޮތުގައި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މި މަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.