ކުޑައީދާ ދިމާކޮށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފުޅަދޫއަށް

ފުލހަދހޮޮ.jpg

ބ.ފުޅަދޫ --އީވީ ފޮޓޯ

އަންނަ ކުޑަ އީދާ ދިމާކޮށް މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ނިންމައިފިއެވެ.

ކަމުގެ މައުލޫމާތު ހާމަކުރަމުން މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށާއި މި ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް މިހާރު ފަށާފައިވާކަމަށެވެ. ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން، މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މި ދަތުރުތަކުގެ ސަބަބުން ފުޅަދުއާއި ޖެހިގެން އޮންނަ ފެހެންދުއާއި ގޮއިދޫއަށްވެސް ދަތުރުކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެން ދާނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުތަކުގެ ދިގުމިނަކީ، 25 މިނެޓެވެ.

ކޮންމެ އަހަރެއްގެ ވެސް އީދާ ދިމާކޮށް ރާއްޖެ ތެރެއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ މޯލްޑިވިއަންގެ ފްލައިޓްތަކަށާއި، ސީޕްލޭންތަކަށް ވަރަށް ބޮޑަށް ޑިމާންްޑް އިތުރުވެގެން ދެއެވެ. ޑިމާންޑް އިތުރުވުމާއި ގުޅިގެން މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ބ. ފުޅަދޫއަށް ސީޕްލޭންގެ ދަތުރުތަކެއް ބާއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top