ފައިނަލްގައި އޭދަފުށްޓާއި ތިމަރަފުށި

l_14785339396W6m1.jpg

ސ.ފޭދޫއާ ވާދަކުރުމަށް ނުކުތް އޭދަފުށީ ޓީމް. : ފޮޓޯ : ސަން

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލް ފަހުމެޗުގައި  މިއަދު ކުޑަހުވަދޫއާއި ތިމަރަފުށި ބައްދަލު ކުރި މެޗު 4-1ން ތިމަރަފުށި ކާމިޔާބު ކުރުމުން ފައިނަލުގައި އޭދަފުށްޓާ ވާދަކުރާ ޓީމަކަށް ތިމަރަފުށި ހޮވިއްޖެއެވެ.

އޭދަފުށި މުބާރާތުގެ ފައިނަލާ ހަމައަށް އައިސްފައިވަނީ އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި،އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުވެ ދެޓީމު އެއްވަރުވުމުން ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން، އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސ.ފޭދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުގެރޭ، 9 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top