ބްރެޒިލްގައި ވޯލްޑްކަޕް ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވެއްޖެ

manaus.jpg

ބްރެޒިލްގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުކުރާ ސްޓޭޑިއަމެއް ހެދުމުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވެއްޖެއެވެ. ހުކުރުދުވަހު މި ހިނގި ހާދިސާގެ ސަބަބުން ވޯލްޑްކަޕް އޮގަނައިޒް ކުރާފަރާތްތަކަށް ކިޔަމުންދިޔަ ފާޑު ކިޔުންތައް ވަނީ އިތުރުވެފައެވެ.

މަނާއުސް ސިޓީގައި މި ހާދިސާ ހިގާފައިވަނީ އެރީނާ ޑި އެމޭޒޯނިއާ ސްޓޭޑިއަމްގެ ފުރާޅުގެ މަސައްކަތެއް ކުރުމަށް ބޭނުން ކުރި ކެރޭނެއް ރޫޅާލަން އުޅުމުގެ ތެރޭގައެވެ.

މިއީ ވޭތުވެދިޔަ އަރެއްހާ ދުވަސް ތެރޭގައި ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ.

މަނާއުސްގެ ސަރުކާރުން ހާމަކުރާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ޕޯޗްގީޒް ގެ އެންޓޯނިއޯ ޖޯސް ޕީޓާ މާޓިން (55) އެވެ. މިހާދިސާ ހިނގުމާގުޅިގެން އެމޭޒޯނިއާ ސްޓޭޓްގެ ގަވަރުނަރު އެ ސްޓޭޑިއަމަށް ހުކުރުދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުވެސް ވަނީ ކެންސަލް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top