ޒަލަޓަން އިބްރަހިމޮވިޗް

ibrahimoich.jpg

އުމުރުން އެންމެ 6 އަހަރުގައި ފުޓްބޯޅަ ކުޅެންފެށި ޒަލަޓަން އިބްރަހިމޮވިޗަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ގިނަ ބަޔަކު ޖާގަދޭނެ ކުޅުންތެރިއެކެވެ. މިހާރު އުމުރުން 32 އަހަރުގެ ބިޔަ ފޯވާޑްގެ ޕްރޮފެޝަނަލް ކެރިއާގައި އޭނާ ވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 1999 ވަނަ އަހަރު އެންމެ ފުރަތަމަ ސްވިޑެންގެ މަލްމޯ ފުޓްބޯޅަ ކްލަބަށް ކުޅެން ފެށުމުން، ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ލޯ އޭނާއަށް އަމާޒުވިއެވެ. މިހާތަނަށް އައިއިރު އޭނާވަނީ ނެދަލޭންޑްސްގެ އައެކްސް ގެ އިތުރުން އިޓަލީގެ ވާދަވެރިންކަމުގައިވާ ޔުވެންޓަސް، އިންޓަރ މިލާން އަދި އެސީ މިލާނަށްވެސް ކުޅެފައެވެ. މީގެ އިތުރުން 2009 ވަނަ ސްޕެއިންގެ ބާސެލޯނާއަށް ކުޅެފައިވާއިރު މިހާރު އޭނާ ކުޅެމުން ގެންދަނީ ފްރާންސް މުއްސަނދި ޕީ.އެސް.ޖީ އަށެވެ.
ސްވިޑެންގެ ޤައުމީ ޓީމްގެ ކެޕްޓަންކަން އަދާކުރަމުންގެންދާ އިބްރަހިމޮވިޗަކީ އެޤައުމުގައި އުފެދުނު އެންމެމޮޅު އެއް ކުޅުންތެރިޔާއެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެފައިވާ 96 މެޗްގައި އޭނާ ވަނީ 48 ގޯލް ކާމިޔާބުކޮށްދީފައެވެ. ޔޫރޯ އާއި ވޯލްޑްކަޕަށް އެޤައުމު ކޮލިފައިކޮށްދިނުމުގައި މީގެކުރިން ބޮޑުދައުރެއް އަދާކުރިނަމަވެސް މިފަހަރުގެ ވޯލްޑްކަޕުން އެޤައުމަށް ފުރުޞަތު ގެއްލުމަކީ ވޯލްޑްކަޕްގައި އިބްރަހިމޮވިޗްގެ ކުޅުން ބަލާލުމަށް ތިބި ގިނަ ބަޔަކަށް ލިބުނު ނުތަނަވަސް ކަމެކެވެ.

2013 ވަނަ އަހަރު ފީފާ އިންހޮވި އެންމެ މޮޅު ގޯލް “ޕުސްކަސް އެވޯޑް” ގެންގޮސްފައިވާ އިބްރަހިމޮވިޗް ވަނީ 2013 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ ޓީމްގައިވެސް ހިމެނިފައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު