★ ގުރަހެލި: އިޝާން އިބްރާޙީމް (ސައްޓު )

ސައްޓު

ސައްޓު

އަލިގަދަ ތަރިންގެ ސަފްހާގައި މިހަފްތާ މިހިމަނާލަނީ އޭދަފުށީގެ ޒުވާން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާބެހޭ މައުލޫމާތުކޮޅެކެވެ.
ފުޓްބޯޅައިގެ މަޝްހޫރު އާއިލާއަކަށް އުފަން އުމުރުން 25 އަހަރުގެ ސައްޓުއަކީ އޭދަފުށީގައި މިވަގުތު ތިބި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ފުރަތަމަ ވިދާލި ސައްޓުވަނީ ރާއްޖޭގެ އެކިހިސާބުތަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެފައެވެ. އެގޮތުން މާލޭގައި ބޭއްވޭ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގައި މިދިޔައަހަރު ބޭންކް އޮފް މޯލްޑިވްސް ޓީމަށްކުޅެ މުބާރާތުގެ އެންމެގިނަ ގޯލްޖަހައި، އެންމެމޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދިއެވެ. އަދި މިދިޔައަހަރު އޭދަފުށީގައި ބޭއްވި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ ތަށި އޭދަފުއްޓަށް ހޯދުމުގެ އިސްދައުރެއް އަދާކުރީވެސް ސައްޓުއެވެ. އެމުބާރާތުގެ ފައިނަލްމެޗްގައި ހެޓްރިކް ހަދައި މެޗްގެ އެންމެމޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތު ޑްރީމްޓީމުންވެސް ޖާގަހޯދިއެވެ. ތިރީގައި މިވަނީ ސައްޓުއަށް އީވީގެ ފަރާތުން ކޮށްފައިވާ އަވަސް 12 ސުވާލަށް އޭނާދިން ހުށިޔާރު ޖަވާބުތަކެވެ.

1. ފުޓްބޯޅަ ކުޅެގެން މިހާތަނަށް ލިބުނު އެންމެބޮޑު އަނިޔާއަކީ ކޮބާ؟

ފާހަގަ ކުރެވޭ ވަރު ބޮޑު އަނިޔާއެއް އަދި ނުވެ

2. ލޯބީގެ އެންމެފުރަތަމަ ތަޖުރިބާ ދިޔައީ ކިހިނެއް؟

ހެހެ ގޯހެއްނޫން

3. ފުޓްބޯޅަ ނުކުޅެ ކިހާދުވަހަކު ހުރެވިދާނެ؟

ހިއެއްނުވެ ހުރެވިދާނެހެން ނުކުޅެ

4. އެންމެ މީރު ކެއުމަކީ ކޮބާ؟

ރޮށި މަސްރިހަ

5. އެންމެ ކުޅޭހިތްވާ ޓީމަކީ ކޮބާ؟

ނިއުރޭޑިއަންޓް

6. އެންމެ މޮޅަށް ކައްކަން އެނގެނީ ކޯއްޗެއް؟

ހެހެ ނޫޑްސް

7. އަންހެނުންނަށް ލޯބިން ކިޔަނީ ކީކޭ؟

ޝަފްނާ

8. މިހާތަނަށް ދުއް އޭދަފުށީގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ކާކު؟

ޔަގީނުންވެސް މަޖިއްޓޭ

9. ގައުމީ ޓީމުން، ނޫނީ މަޝްހޫރު ކްލަބަކުން ފުރުސަތު ލިބިއްޖެނަމަ ކުޅެންދާނަންތަ؟

ދެކެންބޭބުންވާ ދުވަހެއްތީ ވަރަށް

10. އެންމެދެރަވީ ކޮންދުވަހަކު؟

ކުޅިވަރުގަ ނަމަ ޒޯން މުބާރާތުގަ އޭދަފުށި ދަނޑުގަ ފައިނަލްގަ ނައިފަރު އަތުން ބަލިވި ފަހަރު ވަރަށްދެރަވި

11. އެކުޅުންތެރިއަކާއެކު ފުޓްބޯޅަ ކުޅެންބޭނުންވާ ވަކި ކުޅުންތެރިއެއް އެބަހުރިތަ؟

ރާއްޖެއިންނަމަ ދަގޭ އުމައިރު އަދި ސެންޓޭ.

12. ސައްޓު މީ ކިހިނެއް ކިއުނު ނަމެއް؟

ހެހެ އެހެންހަދާންނެއް ނުހުރެ ވަރަށް ކުޑައިރު ކިޔުނު ނަމެއް އެއީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top