ހިތާދޫގެ އަނބުމޫސުން ފެށި އަނބުގެ އަގު 5 ރ އަށް ވެއްޓިއްޖެ

mango.jpg

މިއަހަރުގެ ފުރަތަމަ އަނބުމޫސުން ހިތާދޫގައި ފެށި އަނބުގެ އަގު ފަސްރުފިޔާއަށް ވެއްޓިއްޖެއެވެ.

ހިތާދޫގެ ދަނޑުވެރިން ބުނާގޮތުގައި އަނބު ހަރުވެ ހުތްއަނބު ތިޔާގިވެފައިވާއިރު، ބައެއްގަސްގަހުގައި އަދިވެސް މާ އަންނަމުންއެބަދެއެވެ. ހިތާދޫގައި އަނބު ވިޔަފާރި ކުރާ 8 ގަހެއްގެވެރިޔާ އަހްމަދު މުހައްމަދު އީވީއަށް ބުނިގޮތުގައި އަނބުމޫސުން މިހާރުފެށިފައިވާއިރު މިވަގުތު އަނބު ރަށުންބޭރަށް ބޭރުކުރެވޭވަރަށްވުރެ ރަށުތެރޭގެ ޑިމާންޑް މާބޮޑެވެ. އޭނާބުނީ މިދިޔަ އަހަރަށްވުރެ މިއަހަރު އަނބު ތިޔާގިކަމަށް ފެންނަކަމަށާ، އަނބުގެ އަގު ހުރީ 5ރ އާ 6ރ އާދެމެދުގެ އަގެއްގައިކަމަށެވެ.

“މިދިޔައަހަރަށްވުރެ ވަކި މަދެއްނުވާނެ. ގަހަކުން ހާހަކަށްވުރެ ގިނައަނބު ލިބޭނެކަން ގައިމު. އަނބު އަދި މި ހަރުވާންފެށީ. މިހާރުވެސް ރަށުތެރޭގައި އޮބި އޮންނަވަރެއްނޫން. 5ރ، 6 ރ އަށް ނުބިނދެވިފައި މިއޮންނަނީ. އަޅުގަނޑަށް ހީވަނީ އަނބުގެ އަގު މިއަށްވުރެ ބޮޑެއްނުވާނެހެން. މިހާރުވެސް ބައެއްގަސްގަހުގައި މާއަންނަމުންދަނީ” ކުރިން ކަތީބުކަން ކުރެއްވި ހިތާދޫ ކައިންސިލްގެ މިހާރުގެ އ. ޑިރެކްޓަރގެ މަގާމްވެސް އަދާކުރައްވަމުންގެންދަވާ އަހްމަދު ބުންޏެވެ.

އަނބުއަޅާ 40 ހަކަށް ގަސްހުރި، ހިތާދޫގެ އަނބު މޫސުން ފެށިފައިވާއިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އަނބުގަސްތަކަށް ތަފާތު މައްސަލަތައް ދިމާވަމުންދާކަމަށް ދަނޑުވެރިން ބުނެއެވެ. އެގޮތުން ކާޅާ، ވާލުގެ އުނދަގޫ މިއަހަރުވެސް ބޮޑުކަމަށާ، އަދި ގަސްގަހުގައި މާއަންނައިރު މަލަށްވެސް ކަޅުބައްޔެއް ޖެހެމުންދާކަން ފާހަގަކުރެއެވެ.

ހިތާދޫގެ އިތުރުން މިއަތޮޅުގެ މަދުރައްރަށުގައި ކޮންމެވެސްވަރަކަށް އަނބުގަސްގަހުގައި އަނބުއަޅައި އޭގެވިޔަފާރިކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން ގޮއިދުއާ، އޭދަފުށި ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top