ރިސޯޓްތަކުގެ މުވައްޒަފުންނަށް ބޫސްޓަ ދިނުން އަވަސްކުރުމަށް ގޮވާލައިފި

6C786069-14F7-4079-BC10-3DD07CCC36E7.png

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ދިނުން އަވަސްކުރުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އާ އަހަރުގެ މަރުހަބާ ކިޔަމުން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކޮވިޑްގެ އެންމެ ދަތި ހާލަތުގައިވެސް އަދި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ އާއި ޝުކުރު ހައްގު ކަމަށެވެ.

“މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުން
ރައްކާތެރިވުމަށްޓަކައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ބޫސްޓަ ޑޯޒް ޖަހައިދިނުން އަވަސްކުރަން ސަރުކާރަށް ގޮވާލަން” ޓީމްގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑްގެ ވަބާއަކީ މުޅިން ފިލައިގެން ނުދާނެ، އެ ބައްޔާއި އެކު އުޅެންޖެހިފައިވާ ބަލިމަޑުކަމެއް ކަމަށް ސަރުކާރުން ދެކޭ ހިނދު، ބަލިމަޑުކަމަކީ މަސައްކަތު މާހައުލަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަމަށް ބަލައި ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެށް ފަރުވާކުޑަ ކުރުމެއްނެތި އޮޅުވާލުމެއްނެތި އެޅުމަށް ސަމާލުވުމަށްވެސް އެ ޖަމިއްޔާއިން ގޮވައިލިއެވެ.

ކޮވިޑްގެ މިހާލަތާއި އެކު މަސައްކަތްތެރިންގެ ކަންބޮޑުވުމާއިއެކު ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ
ރިސޯޓުތަކުގައި މުވައްޒިފުން އާންމުކޮށް ތިބެން ޖެހޭ ވަރަށްވުރެ މަދު މުވައްޒަފުން ވަޒީފާގައި ގެންގުޅޭތީ، މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވެ ބުރަ ބޮޑުވުމާއި އަދި ކުރާމަސައްކަތަށް އިތުރުވަގުތުގެ ފައިސާ ނުލިބޭ ޝަކުވާއެވެ.

އޭގެ ސަބަބުން ލިބެން ޖެހޭ ހުސް ވަގުތާއި، އޮފް ދުވަސްތައް ނުލިބި އެތަށް މަހެއް ވަންދެން ރަށަށް ނުދެވި މުވައްޒިފުން ތިބެން ޖެހޭ ޖެހުމުގެ ކަންބޮޑުވުން ކަމަށް ޓީމުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top