ކެންދުއަށް އާ ޖެނެރޭޓަރެއް ފޮނުވައިފި

DSCN5338-815x459.jpg

އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ބ. ކެންދޫއަށް 400 ކިލޯ ވޯޓުގެ ޖެނެރޭޓަރ ސެޓެއް ފޮނުވައިފިކަމަށް ފެނަކައިން ބުނެފިއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޒިންމާ އަދާ ކުރާ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށާއި ދެވޭ ކަރަންޓުގެ ފެންވަރު މަތި ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބ. ކެންދޫއަށް 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ފޮނުވުމަށް މިހާރު ލޯޑުކޮށް ފުރުވާލާފައިވާ ކަމަށެވެ.

މިކަމާބެހޭ ގޮތުން ކެންދޫ އިންޖީނުގެ އިން ބުނީ އެޖެނެރޭޓަރ ސެޓް އަދި ކެންދޫއަށް އައިސްފައިނުވާ ކަމަށާ އެކަމަކު އޭގެ ޕެނެލްތައް މިހާރު ވަނީ ލިބިފައި ކަމުގައެވެ. ލަސްވެގެން އަންނަ އަންގާރަ ދުވަހު އެ ޖެނެރޭޓަރ ކެންދޫއަށް އަންނާނެކަމަށް ލަފާކުރެވޭ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

އާބާދީގައި 1320 މީހުން ދިރިއުޅެ ކެންދޫގައި މިހާރު ބޭނުން ކުރަމުން އަންނަނީ 128 ކިލޯވޯޓާއި 250 ކިލޯވޯޓުގެ ދެ ޖެނެރޭޓަރެވެ.

އަލަށް ގެންނަ 400 ކިލޯވޯޓުގެ ޖެނެރޭޓަރު ބޭނުންކުރަން ފެށުމާއެކު ކެންދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމަށް ފެނަކަ ކެންދޫ އޮފީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top