ޖުލައި 26 އާ ދިމާކޮށް ރިސޯޓް ފުޓްބޯޅަ މުބާރާތާއި، އޮފީސްތަކުގެ މުބާރާތް އޭދަފުށީގައި

DSCN8731-800x600-800x600.jpg

ރިސޯޓް މުބާރާތުގެ މިދިޔައަހަރުގެ މެޗެއްގެ ތެރެއިން / އީވީ ފައިލްފޮޓޯ

އަންނަ ޖުލައި 26 އާ ދިމާކޮށް އޭދަފުށީގައި އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތާއި، އޮފީސްތަކާއި، ކުންފުނިތަކުގެ އަންހެން ފިރިހެން ފުޓްސަލް މުބާރާތް ބާއްވަން ނިންމައިފިއެވެ.

އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން މިއަހަރު އިންތިޒާމްކޮށް ހިންގަން ހަމަޖެހިފައިވާ ބ. އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި ހަ ރިސޯޓަކުން ވާދަކުރާނެކަމަށް ވެލާއިން ބުނެއެވެ. ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން މެޗްތައް ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ އަމިއްލަފުށި ރިސޯޓާއި ފިނޮޅު ރިސޯޓް އަދި އަނަންތަރާ ކިހަވަށް ވިލާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ރޯޔަލް އައިލެންޑާއި ދުސިތު ތާނީ މޯލްޑިވްސް އަދި ސޮނެވާފުށީ ރިސޯޓެވެ.

ލެވިސްޓާއިން ސްޕޮންސާ ކޮށްފައިވާ މިމުބާރާތް މިއަހަރު ކުރިޔަށްދާނީ އޭދަފުށީގައި ގާއިމްކޮށްފައިވާ ޓާފް ދަނޑުގައެވެ.

2012 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ ރިސޯޓް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވީ އޭދަފުށީ ކްލަބް ކޮންބިނޭޝަންއިންނެވެ. މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ތިންފަހަރު ޗެންޕިއަންކަން ހޯދާފައިވާ ސޮނެވާފުއްޓެވެ. ޒުވާނުންގެ ކްލަބުން މިދިޔަ އަހަރު ބޭއްވި ރިސޯޓް މުބާރާތް ކާމިޔާބުކުރީ ފިނޮޅު ރިސޯޓުންނެވެ.

އޮފީސްތަކުގެ ފުޓްސަލް 2018 ޗެންޕިއަން އުރީދޫ ޓީމް ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ޔޫތް ޑިވެލޮޕްމަންޓް

ޖުލައި 26 އާ ދިމާކޮށް އޭދަފުށީގައި ހުރި އޮފީސްތަކާއި، ކުންފުނިތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތް ބާއްވަން ނިންމާފައިވަނީ އޭދަފުށި ޔޫތު ޑިވެލޮޕްމަންޓްގެ ފަރާތުންނެވެ.

ޔޫތު ޑިވެލޮޕްމަންޓުން ބުނީ މިމުބާރާތަށްވެސް އޮފީސްތަކާ ކުންފުނިތަކުން ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކަމަށާ، ފިރިހެން ބައިގައި ހަތްޓީމް އަދި އަންހެން ބައިގައި ހަތަރުޓީމް ބައިވެރިވެފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top