ގޮއިދޫން މާޅޮސް ކޮޅަށް ލަނޑު ގޯންޏެއް

big_mEOcXxmx5geos7rof1U9afUQh.jpg

މާޅޮހާއި ގޮއިދޫ ބައްދަލު ކުރި މެޗް-- ފޮޓޯ : ނައުރީފް /ޕީއެސްއެމް

ބ.ފުޓްބޯލް ޗެލެންޖްގައި މިއަދު އެދަފުށީގައި މާޅޮހާއި ގޮއިދު ވާދަކުރި މެޗު، މާޅޮސް ކޮޅަށް 12 ލަނޑު ޖެހުމަށްފަހު، ސެމީފައިނަލްގެ ފަހު ޖާގަ ގޮއިދޫ ހޯދައިފިއެވެ.

ގޮއިދޫ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕް ބީއާއީ ގްރޫޕް ސީ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިއަދު މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ގޮއިދޫއިން އައީ ފަސޭހަ ކަމާއެކު މާޅޮހު ކޮޅަށް ލަނޑުތައް ޖަހަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ މިނިޓުގައި ގޮއިދޫއަށް ކާމިޔާބު ކޮށްދިނީ އާދަމް ނިޒާމްއެވެ. އޭނާ ވަނީ މެޗުގައި އިތުރު 5 ލަނޑު ޖަހައިގެން ލަނޑުޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައެވެ. ގޮއިދޫގެ އިބްރާހީމް މާޖިދުވެސް ވަނި މިއަދުގެ މެޗުގައި ތިން ލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. އަނެއް ދެ ލަނޑު ޖެހީ ނާސިހު ޔޫސުފްއާއި، ފަހުރަހު ސަލީމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ހަ ލަނޑު ޖަހައިގެން ދެ ހެޓްރިކް ހަދާފައިވާ އާދަމް ނިޒާމްއެވެ.

ސެމީފައިނަލް ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ގޮއިދޫ ވާދަކުރަން ޖެހޭނީ ގްރޫޕް އޭއިން އެއްވަނަ ހޯދި ކެންދޫއާއެވެ. ގޮއިދޫ ހިމެނުނު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ އޭދަފުއްޓެވެ. އަންނަ ބުދަ ދުވަހު ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗުގައި އޭދަފުށި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ކިހާދޫއާއެވެ. ކިހާދޫ ގްރޫޕްގެ އެއްވަނަ އަށް ހޮވުނީ އިއްޔެ ހިތާދޫއާއި ވާދަކޮށް 2-1 ން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ބ.ފުތްބޯލް ޗެލްންޖް ގެ ނަމުގައި ބާއްވާ މި މުބާރާތަކީ ފޯ ސީޒަން ރިސޯރޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރުން ސްޕޮންސަރކޮށްގެން، އޭދަފުށީ ވެސްޓް ވިންގްސްއިން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ބ.އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ.

މާދަމާ ވާދަކުރާނީ މުބާރާތުން ކަޓާފައިވާ ފެހެންދޫއާއި ތުޅާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top