އަހަރެމެންގެ ނަސީބު ދެރައީ- ކުޑަރިކިލު ޓީމް

DSCN2709.jpg

6 ޑިސެމްބަރ. ގޮއިދޫއާއި ކުޑަރިކިލު .ބައްދަލު ކުރި މެޗްގެ ތެރެއިން

ގޮއިދޫ ޓީމަކީ ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަާއި މިއަދުގެ މެޗުން ބަލިވީ ނަސީބު އެހީތެރި ނުވުމުން ކަމަށް ކުޑަރިކިލު ޓީމުން ބުނެފިއެވެ.

” ކުޅުންތެރިން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކުރި. މުޅި ޓީމުވެސްް ގުޅިގެންމޮޅު ކުޅުމެއް ދެއްކި. ލަނޑުޖަހާނެ ފުރުސަތުވެސް ލިބުނު. އެހެންނަމަވެސް މިއަދު ވީގޮތް އެއީ.” ގޮއިދޫ މެޗަށް ފަހު ކުޑަރިކިލު ޓީމުގެ ކުޅުންތެރިއަކު އީވީ އާ ވާހަކަ ދައްކަމުން ބުންޏެވެ.

ބ. އަތޮޅު ޗެލެންޖްގައި މިއަދު ކުޑަރިކިލު ޓީމު ގޮއިދޫއާ ވާދަކޮށްގެން ބަލިވެފައިވަނީ 3-1 ންނެވެ. ގޮއިދޫ ޓީމުން ލަނޑު ޖަހާފައިވަނީ އާދަމް ނިޒާމް ( ކިތުނާ ) އާއި އިޝާން (ސައްޓު ) އާއި ހުސެން ޝާމް އެވެ. ކުޑަރިކިލު ޓީމަށް ލަނޑު ޖަހާދީފައިވަނީ ހުސައިން ހަންނާން އެވެ.

މިއަދުގެ މެޗަށް ދެޓީމުގެ ސަޕޯޓަރުންވެސް ގިނަ އަދަދަކަށް ކުޅިބަލަން ހާޒިރުވިކަން ފާހަގަ ކުރެވުނެވެ.

މި މުބާރާތުގައި ކުޑަރިކިލު ކުޅުނު ދެމެޗުންވެސް ބަލިވުމާއެކު މުބާރާތުން ވަކިވާން ޖެހުނީއެވެ.

މި މުބާރާތުގެ މާދަމަާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭ ގައި އޮތް ހަަމައެކަނި ދެ ޓީމު ކަމަށްވާ އޭދަފުއްޓާއި ކިހާދޫ އެވެ. މި ދެޓީމުގެ ފުރަތަމަ މެޗް 0-4 ން ކާމިޔާބުކުރީ އޭދަފުށި ފުޓްބޯޅަ ޓީމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top