ދިވެހި ފިލްމު ”ވަކިން ލޯބިން” ބައިސްކޯފަށް!

7D3fyObabhcXdRTE13xR-1.jpg

ވަކިން ލޯބިންގެ ޕޯސްޓަރެއް - ފޭސްބުކް

ޑާކްރެއިން އެންޓަޓެއިންމަންޓުން 2018 ވަނަ އަހަރު އުފެއްދި ލޯބީގެ ފިލްމު “ވަކިން ލޯބިން” ބައިސްކޯފު އެޕުގައި ސްޓްރީމްކުރަން ފަށައިފިއެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވަނީމި ކަން ޔަގީން ކޮށްދީފަ އެވެ.

ދިވެހި ފިލްމާއި ދިވެހި ލަވަ، އަދި ތަފާތު ޓީވީ ޝޯތަކުގެ އިތުރުން ކުޑަ ކުދިންގެ ޕްރްގްރާމުތަކާއި މަދަހަ އަދި އޯޑިއޯ ލަވަ ވެސް ބައިސްކޯފު އެޕް ގައި ބަލާލެވެން ހުރެއެވެ. ހުރެއެވެ.

“ވަކިން ލޯބިން” އަކީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ފިލްމުގެ ގިނަ ޝޯވތަކެއް ދެއްކި ފިލްމެކެވެ. އަދި ބެލުންތެރިންގެ ފަރާތުން މި ފިލްމަށް  ބޮޑު ތަރުހީބެއް ލިބުން އިރު އެ ފިލްމުގައި ފެނިގެންދިޔަ ތަރިންގެ އެކްޓު ވެސް ގިނަ ބަޔަކަށްވަނީ ކަމުގޮސްފަ އެވެ.

އައިޝަތު ފުއާދުގެ ސްކްރީންޕްލޭ އަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް ފެނިގެންދިޔައެވެ.

“ވަކިން ލޯބިން” ގެ އިތުރުން ޑައިރެކްޓަރު އަބްދުﷲ މުއާޒުގެ “ލީނާ” އަދި ނިއުމާ މުހައްމަދުގެ “ނިވައިރޯޅި” ފަދަ ފަހުގެ ފިލްމުތައް ބައިސްކޯފުން މިހާރު ބަލާލެވޭނެއެވެ. މި މަހުގެ 25 ވަނަ ދުވަހު އަމްޖަދު އިބްރާހީމްގެ “ރޭވުމުން” ވެސް ސްޓްރީމް ކުރުމަށް ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top