ބ. އަތޮޅުން ކުރުނބާ ލިބުން ދަތިވެއްޖެ

20190506_140506-768x445.jpg

މާޅޮހު ދަނޑުވެރިއަކު އޭދަފުއްޓަށް ކުރުނބާ އިހަލެއް ބާލަނީ. ކުރުނބަލުގެ ދަތިކަން މިދުވަސްވަރު ވަރަށްބޮޑު / އީވީ ފައިލްފޮޓޯ

ބ. އަތޮޅުން ކުރުނބާ ލިބުން ދަތިވެ، ބާޒާރުން މުޅިން ކުރުނބާ ހުސްވެއްޖެއެވެ.

އޭދަފުށީގައި އާންމުކޮށް ކުރުނބާ ވިއްކާ ފިހާރަތަކުގެ ވެރިންނާ ވާހަކަ ދައްކާލުމުން ބުނީ ކުރުނބާ އެއްގޮތަކަށްވެސް ނުލިބޭތާ ދެމަހެއްހާ ދުވަސްވަރު ވެދާނެކަމަށެވެ. ވިޔަފާރިވެރިން ބުނީ މިދުވަސްކޮޅު މަތިވަރު ދަށްވެގެން ކުރުނބާ ލިބުން ދަތިވާކަމަށް ދަނޑުވެރިން ބުނާ ކަމަށެވެ.

“އާންމުކޮށް ހަފްތާއަކު ހައެއްކަ އަށެއްކަ އިހާ ކުރުނބާ ކުރިން ލިބޭނެ. އެކަމަކު މިހާރު އެއްގޮތަކަށްވެސް ނުލިބޭ ބުންޏަސް ދޮގަކަށް ނުވާނެ. ދެމަހެއް ވަރު ވެއްޖެ ބްރޭކެއް އައިސްގެން އުޅޭތާ. މަތިވަރު ނެތްކަމަށް ބުނަނީ” އޭދަފުށި ވިޔަފާރިވެރިއަކު ބުންޏެވެ.

ދޮންދަނބުރުކު ކުރުނބާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބ. މާޅޮހު އަބްދުލްޤާދިރު ޔޫސުފް ބުނީ ކުރުނބާ ލިބެން އަދިވެސް ދެމަހެއްހާ ދުވަސް ނަގާނެކަމަށާ، ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ.

“ސޮނެވާއިންވެސް ވަރަށް އެބަގުޅާ، އެކަމަކު ކީއްހޭ ކުރާނީ ހަމަ އެކައްޗެއްވެސް ނެތީއޭ. ރުކަކު އެއްޗެއް ދޭއްޗެއް ނެތެކޭ ނުބުނާނަން. އަހަރެން ބުނާނީ އަދިވެސް ދެމަހެއްވަރު ނަގާނޭ ރެގިއުލަރ ކޮށް ކުރުނބާ ލިބެން. ބަލަމާ ހިނގާ ނިއު އިޔާއަށް ލިބޭނެކަމަށް” ގާދިރު ބުންޏެވެ.

ބ. އަތޮޅުގައި ކުރުނބާ މާކެޓަށް ނެރޭ އެއްބާޒާރު ކަމުގައިވާ ކަމަދޫން ވާހަކަދެއްކި ދަނޑުވެރިއަކު ބުނީ މަތިވަރު ދަށްވިފަހުން ދެތިންމަސްވަރު ވެއްޖެކަމަށާ، މީގެކުރިން މިހާބޮޑު ބްރޭކަކަށް ނުދާ ކަމަށެވެ.

“މިދިޔަ އަހަރުވެސް ބްރޭކެއް އައި. އެކަމު މިހާ ދިގު ޕީރިއަޑެއް ނާދޭ. ޑިމާންޑް ބޮޑަސް ނެތް އެއްޗެއް ދެވެން ނޯންނާނެތާ. އަނެއްކޮޅުން ރުއްވެސް މިހާރު ކޮންމެވެސް ވަރަކަށް މަދުވަމުންދަނީ”

ބ. އަތޮޅުގެ ބާޒާރުން ކުރުނބާ މަދުވެފައިވާއިރު، މިދުވަސްވަރު ކާށި ލިބުމުގައިވެސް ދަތިތަކާ ދިމާވަމުން އާދެއެވެ. އަނެއްކޮޅުން ވިއްސާރަވުމުގެ ސަބަބުން ދަނޑުތަކަށްވެސް ގެއްލުންވެ، ތަރުކާރީއާ މޭވާ ލިބުމުގައިވެސް ދަތިވަމުން އަންނަކަން ގޮއިދޫ ދަނޑުވެރިން އަންނަނީ ފާހަގަކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top