ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

999.jpg

އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތުގައި --ފޮޓޯ :އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަންނަ އަހަރު ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށާފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ ކިޔެވުން ނިންމައި ރިޕޯޓްފޯމު ދޭދުވަހު ހުރިހާ ކުދިންނަށް ފޮތްތައް ހަވާލުކުރުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ސުކޫލުތައް ބަންދުވާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަަނަ ދުވަހުއެވެ.

ކަލަންޑަރުގައިވާގޮތުން އަންނަ 2020 ވަނަ އަހަރުގެ ތައުލީމީ އަހަރުފެށި، ސުކޫލުތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top