މިސްޓަ ބަޖާޖް، ކަސޯޓީ އިން ވަކިވެއްޖެ

Mr-Bajaj-Prerna-Kuki-Birthday-1.jpg

ސްޓާޕްލަސްއިން ގެނެސްދެމުން އަންނަ މަޝްހޫރު ޑްރާމާ، ކަސޯޓީ ޒިންދަގީކޭ 2 ގައި މިސްޓަ ބަޖާޖްގެ ބައި އަދާ ކުރަމުން އައި ކަރަން ސިންގގްރޯވަރ އެޝޯ އިން ވަކިވެއްޖެއެވެ.

މަޗްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ފިރިމިހާ ކަރަންސިންގ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ޝޯއިން ވަކިވެފައިވާ ކަން ޔަގީން ކޮށްދީފަ އެވެ. ޝޯއިން ވަކިވެފައިވަނީ މި ޝޯ ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރުއާއި އެކު ވާހަކަ ދެކެވުމަށްފަހުގައި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އިންޑިއާގެ ބައެއް މީޑިއާ ތަކުން ހާމަކުރާ ގޮތުގައި މިސްޓަ ބަޖާޖުގެ ބައި މިހާހިސާބުން މި ސީރީޒްއިން ދެން ނުފެންނާނެ އެވެ.

ކަރަންގެ އިންސްޓަގްރާމްގައި މި ސީރީޒްގެ ތަރިންނާއި މި ޑްރާމާގެ ބައިވެރިންނާ އެކު ހިއްސާކޮށްފައިވާ ވަދާއުގެ ފޮޓޯއާއެކު، “ކަސޯޓީ”ގެ މުޅި ޓީމަށް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ.

ކަސޯޓީ ޒިންދަގީކޭގެ ނެގެޓިވް ކެރެކްޓާ ކޮމަލިކާގެ ރޯލު އަދާކޮށްފައިވާ ތަރި، ހީނާ ހާން ވެސް ވަނީ ބޮލީވުޑުން ފުރުސަތު ލިބުމާއި ގުޅިގެން މިޝޯއިން ވަކިވެފައެވެ. ނަމަވެސް މިހާރު ކޯމާލިކާގެ ރޯލަށް ،90ގެ އަހަރުތަކުގައި ސްޓާޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، “ކަހީތޯ ހޯގާ” އިން މަޝްހޫރުވެގެން ދިޔަ އާމްނާ ޝަރީފް ވަނީ ހަމަޖައްސާފައެވެ.

ބޮލީވުޑްގެ ބައެއް ފިލްމާއި ބައެއް ޓީވީ ޑްރާމާ ތަކުގައި ކަރަން،މޮޅު އެކްޓިންގ އެއް ދައްކާފައި ވިޔަސް ‘ކަސޯޓީ’ގައި އޭނާއަށް ބެލުންތެރިން ގަޔާވާ ފަދަ އެކްޓިންގ އެއް ދެއްކިފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top