ދީނުގެ ދިފާއުގައި ބަސް ނުބުނެ ތިބުމަކީ މުނާފިގުންގެ އަލާމާތެއް : ޑރ. ޒިޔާދު

134032_3_02e923c41627ac6d421bcea2a34772acd010d3a9_medium.jpg

އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު އެ ދީނުގެ ދިފާއުގައި ބަސް ނުބުނެ ތިބުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށް އޭދަފުއްޓަށް އުފަން އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޑރ. ޒިޔާދުގެ ފޭސްބުކް ޕޭޖްގައި އޭނާ ރޭ ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ހުރި ވާހަކަތަކަކާ ގުޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން އެކި ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކުރުން ހުއްޓާލަން އެ ޔުނިވާސިޓީން އަންގާފައިވަނި ކޮށެވެ.

ޒިޔާދު ވިދާޅުވީ ދީނަށް ފުރައްސާރަ ކޮށް މަލާމަތް ކުރާއިރު، އެ ދީނުގެ ދިފާއުގައި އެއްވެސް ބަހެއް ނުބުނެ ތިބުމުގެ ނުބައި ކަން ގުރުއާނުގައި ބަޔާން ކޮށް ދެއްވާފައިވާ ކަމަށެވެ. އަދި ސީދާކޮށް ނުވަތަ ނުސީދާކޮށް އަމަލުން ނުވަތަ ބަހުން މިފަދަ ނުބައި އަމަލުތައް ދިފާއު ކުރުމަކީ ފާފައެއް ކަމަށާ އެފަދަ މީހަކު ދީނަށް ފުރައްސާރަ ކުރާ މީހާ އާއި އެއްފަދަ މީހަކަށް ވެދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އިސްލާމް މުދައްރިސުންނާ ގުރުއާން މުދައްރިސުންނަކީ އިސްލާމްދީނުގެ ދިފާއުގައި އެންމެ ފުރަތަމަ ބަސް ބުނަން ޖެހޭނެ ފަރާތް. މި ގައުގައި ތިބި މުދިމުންނާ ގުރުއާން މުދައްރިސުންނާ އިސްލާމް މުދައްރިސުންނާ ބައެއް ދަންނަ ބޭކަލުން ހަނު ތިބުމަކީ ހައިރާންވާން ޖެހޭ ކަމެއް.” ޑރ.ޒިޔާދު ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓެއް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް އެންމެ ބޮޑަށް އަަޑު އުފުއްލަވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނެވެ. ގިނަ އިލްމުވެރިންތަކެއް ބައިވެރި ވެގެން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top