ބޮޑުމެޗްގެ ކުރިން ވެޓަރަންސް ޓީމް ބޮޑު ބައްޔެއް

kjh.jpg

ޑުސިޓްތާނީ މޯލްޑިވްސްއާއި، އޭދަފުށީ ވެޓަރަންސް ޓީމް އިއްޔެ އެރިސޯޓްގައި ކުޅުނު މެޗްގެ ތެރެއިން / ފޮޓޯ: އަހްމަދު ނާސިރު

މާލޭ ވެޓަރަންސް ޓީމާ، އޭދަފުށީ ވެޓަރަންސް ޓީމް މާދަމާ މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމަށް އޭދަފުއްޓާ، ޑުސިޓް ކުޅުނު މެޗް ބޮޑު ތަފާތަކުން ޑުސިޓް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ޑުސިޓް ތާނީ މޯލްޑިވްސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ޑުސިޓުންވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތަކެއް ބޭކާރުކޮށްލާފައެވެ. އޭދަފުށީ ވެޓަރަންސް ޓީމުން މިމެޗްގައި ބޮޑަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ.

މެޗަށްފަހު އީވީ އާ ވާހަކަ ދައްކަމުން އޭދަފުށީ ވެޓަރަންސް ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިއީ މާލޭގެ މެޗް ފެށުމުގެ ކުރިން ކޮށްލި “އެކްސްޕެރިމެންޓެއް” ކަމަށާ، ނަތީޖާއަކީ އަދި މުޅިން އެހެންކަމެއްކަމަށެވެ.

“އަޅުގަނޑުމެންނަކީ ބޮޑުމެޗަކަށް ތައްޔާރުވަމުން އަންނަ ބައެއް. އެމެޗްގެ ކުރިން ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗްތަކެއް މިދިޔަ ދުވަސްތަކުގައި މިދިޔައީ. އިއްޔެގެ މެޗްގައި އަޅުގަނޑު ބެލީ ޓީމްގެ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންެތެރިން ޗެކްކޮށްލަން މާދަމާގެ މެޗަށް ފިޓްވަނީ ކިހާވަރަކަށްތޯ. އެގޮތުން ވަރަށް ކާމިޔާބު އެކްޕެރިމެންޓެއް ހަގީގަތުގައި މިއީ. ނަތީޖާއެއް އަޅުގަނޑު ނުބަލަން” ވެޓަރަންސް ޓީމްގެ މުގުލުގައި ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ނާސިރު ބުންޏެވެ.

ނާސިރު ބުނީ އެހެން މެޗްތަކާ ހިލާފަށް އިއްޔެ ވެޓަރަންސް ޓީމުން ކުޅުނީ ބ. އަތޮޅުގެ ރިސޯޓް ޗެންޕިއަން ޓީމާ ކަމަށާ، އެއީވެސް ބޮޑު މެޗްގެ ކުރިން ކުރަން ހަމަޖެހިފައި އޮތް ޓެސްޓެއް ކަމަށެވެ.

“ޑުސިޓްގެ ވެޓަރަންސަކާނޫން އިއްޔެ މިކުޅުނީ. ސީދާ އަތޮޅު ރިސޯޓް ޗެންޕިއަން ޓީމާ. އެއީވެސް ބޮޑު މެޗްގެ ކުރިން ކުރަންބޭނުންވި ތަޖުރިބާއެއް.”

އިއްޔެގެ މެޗްގައި އޭދަފުށީ ޓީމަށް ކުޅުނު ކުޅުންތެރިއަކު ބުނީ ޑުސިޓްގެ ޒުވާން ކުޅުންތެރިންގެ ކައިރީގައި ވެޓަރަންސް ޓީމުން އިއްޔެ ދެއްކީ މޮޅު ކުޅުމެއްކަމަށާ، ހަމައެކަނި ނަތީޖާއަކުން އެކަން ނުފެންނާނެކަމަށެވެ.

މާލޭ ވެޓަރަންސް ޓީމާ، އޭދަފުށީ ވެޓަރަންސް ޓީމް މާދަމާ މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ ޕްރެކްޓިސް 6 މެޗް ކުޅެފައެވެ. އޭގެތެރެއިން އަނަންތަރާ މެޗް 10-5ން ކާމިޔާބުކުރިއިރު، ދެންކުޅުނު 5 މެޗުން ވީ ބައްޔެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top