ކާޑުގެ ބާވަތް ތަކުގެ އަގު ހެޔޮކޮށްފި

29939038_1629186813839614_171077568_n-720x435.jpg

ނޫސް ކޮންފަރެންސުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވާހަކަ ދައްކަވަނީ

މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު މާދަމާއިން ފެށިގެން ހެޔޮ ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރަނީ 2016 ވަނަ އަހަރު އެ ބާވަތްތަކުގެ އަގު ހުރި ވަރަށް ކަމަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިހާރު 6.80 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯއެއް މާދަމާއިން ފެށިގެން ވިއްކާނީ ހަތަރު ރުފިޔާއަށެވެ.އަދި މިހާރު 6.72 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ވިއްކާނީ 3.98 ރުފިޔާއަށެވެ. މިހާރު 5.26 ރުފިޔާއަށް ވިއްކާ ފުށްކިލޯއެއް މާދަމާއިން ފެށިގެން ވިއްކާނީ 2.98 ރުފިޔާއަށެވެ.

“ނަމަވެސް އަތޮޅުތެރެއަށް އެކޮނޮމިކް މިނިސްޓްރީން ނާލާ އެކު ވިއްކާނެ އަގުތަކެއް ހުންނާނެ ކަނޑައަޅުއްވާފަ، އެކި ޒޯންތަކަށް ވިއްކާއިރު ކާޑު ވިއްކާއިރު ޓްރާންސްޕޯޓް، ހޭންޑްލިން އަދި ޕްރޮފިޓަށް ލެވޭނެ އެންމެ މަތީ އަގު ތައް އެމްއީޑީން މިހާރު ވަނީ އިއުލާން ކޮށްފަ، މި އަގު ތަކަކީ ރައީސް އޮފީހުން ނިންމާފައިވާ އަގުތަކެއް،” މިއަދުގެ ނޫސްކޮންފަރެންސައި އެސްޓީއޯގެ އެމްޑީ، އަހުމަދު ޝަހީރު ވިދާޅުވި އެވެ.

ޒޯން 2ގައި ހިމެނޭ ބ.އަތޮޅުގައި ނާލާއެކު ވިއްކޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި އެކޮނޮމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ ކިލޯއަކަށް 0.82 އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މި ސަރުކާރުން ކާޑުގެ އަގުތައް ބޮޑުކުރީ 2016ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެކަމާ އާއްމުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވުމާ ގުޅިގެން 2017ގެ މޭމަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކާޑުގެ އަގުތައް ކުޑަކުރި އެވެ.

އޭރު ކާޑުގެ އަގު ބޮޑުވީ ސަރުކާރުން އެސްޓީއޯއަށް ދެމުން އައި ކާޑްގެ ސަބްސިޑީ ކަޑާލުމާ ގުޅިގެން އެވެ.

ޝަހީރު ވިދާޅުވީ، ކާޑުގެ ބާވަތްތަކަކީ ސަރުކާރުން ސަބްސިޑިއަރީ ކޮށްގެން ވިއްކާ އެއްޗެއް ކަމަށާއި ސަރުކާރުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 850،000ރ. ކާޑުގެ ސަބްސިޑީޒް އަށް ހަރަދު ކުރާ ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 300 މިލިއަން ރުފިޔާ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މިއަދު ކާޑުގެ އަގަށް ގެނައި ބަދަލުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޫބަރު މަހު ކާޑުގެ އަގު ސަރުކާރުން ބޮޑުކުރި އިރު، ސަރުކާރުން ބުނީ އެކަން ކުރީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ ބޭރުގެ އިދާރާތަކުން ދިން ލަފާގެ މަތިން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top