އެންމެ އަގުބޮޑު ކައިވެނީގެ ގޮތުގައި އިޝާގެ ކައިވެނި؟

hillary-clinton-at-ambani-wedding_660_120818064807.jpg

އިޝާ،ހިލަރީ ކްލިންޓަން އަދި މުކޭޝް އަމްބާނީ

އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ކައިވެންނަށްފަހު ދުނިޔޭގައި ކުރެވުނު އެންމެ އަގުބޮޑު ކައިވެނީގެ ގޮތުގައި އިޝާ އަމްބާނީގެ ކައިވެނި ހިމެނިއްޖެއެވެ. މި މަހު 12 ވަނަ ދުވަހު ކައިވެނި ކައިވެނި ކުރި އިންޑިއާގެ މަލްޓި ބިލިއަނަރ މުކޭޝް އަންބާނީގެ ދަރިފުޅު އިޝާގެ ކައިވެންޏަށް 100 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ކައިވެންޏަށް ހޭދަކޮށްފައިވަނީ 130 މިލިއަން ޑޮަލަރު ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މި ހަފްލާ ޚާއްސަ ވަނީ ހަމައެކަނި އަގު ބޮޑު ކައިވެންޏެއްގެ ގޮތަކުންނޫނެވެ. އެމެރިކާގެ ކުރީގެ ރައީސް ހިލަރީ ކްލިންޓަން އާއި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ގެ އިތުރުން ހައި ޕްރޮފައިލް އެތައް ބަޔަކު މި ހަފްލާގައި ބައިވެރިވުމާ އިންޑިއާގައި އުފެދުނު އެންމެ މޮޅު ލަވަކިއުންތެރިޔާގެ މަގާމުގައި މިހާރުވެސް ދުނިޔޭގައި ހުރި ލަތާމަންގޭޝްކަރުގެ ސަޕްރައިޒް އަކީ ވެސް މި ހަފްލާ ޚާއްސަ ވާ ސަބަބުތަކެއްކަމަށް ނޫސްތަކުން މައުލޫމާތު ދެއެވެ.

ގުޖްރާތީ އަދި ހިންދޫ ވެޑިކް ސަގާފަތަށް ކުރިއަށް ދިޔަ މި ހަފްލާގައި ލަތާގެ ސަޕްރައިޒަކަށްވީ އުމުރުން 89 އަހަރުގައި އޭނާގެ އަޑުން ލަވައެއް ރިކޯޑް ކޮށް އިޝާ އަށް ހަދިޔާ ކުރުމެވެ. މި ލަވައަށްފަހު ލަތާގެ ޚާއްސަ މެސެޖެއްވެސް ވަނީ އިއްވާފައެވެ.

ލަވަ އިއްވުމުގެ ކުރީން ސުޕަރސްޓާރ އަމިތާބް ވަނީ ލަވައިގެ ތައާރަފެއް ދިނެވެ. ލަވަ އިއްވި ވަގުތު ކޮޅަކީ މުކޭޝް އަންބާނީއާއި އަންހެނުން ނީތާއަށް ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއްކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top