ސިވިލްއޭވިއޭޝަނުން ހުއްދަލިބުނުހާ އަވަހަކަށް ދަތުރުތައް ފަށަން ތައްޔާރު :މަންތާ އެއާ

2602FC19-184E-4E0F-9E84-B79DCBE0018C-755x435.jpeg

މަންތާ އެއާ އިން މިއަދު ގެނައި ފްލައިޓް --- ފޮޓޯ/ ވަން އޮންލައިން

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ރާއްޖޭގައި އަލަށް ފަށާ މަންތާ އެއާލައިންގެ ދަތުރުތައް ސިވިލްއޭވިއޭޝަނުން ހުއްދަ ލިބުނުހާ އަވަހަކަށް ފަށާނެކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ފުރަތަމަ އެއާކްރާފްޓް މިދިޔަ ނޮވެމްބަރުމަހުގެ 12ވަނަ ދުވަހު ވަނީމާލެ ގެނެސްފައެވެ. ދެވަނަ އެއާކްރާފްޓް މާލެއައިސް މިއަދުވަނީ އެ އެއާލައިނުގެ ފްލީޓާގުޅިފައެވެ.

މަންތާގެ ދަތުރުތައް ފުރަތަމަ ފަށާނީ ދ. ކުޑަހުވަދޫ އަށެެވެ. އެއަށްފަހު ބ. ދަރަވަންދޫ އަށް ދަތުުރު ފަށާނެ ކަމަށާއި ތިމަރަފުށީ އެއާޕޯޓަށްވެސް ދަތުރު ފަށާނެ ކަމަށް މަންތާ އިން ބުނެއެވެ. އަދި ތިންވަނަ އެއާކްރާފްޓެއްވެސް ގެނެސް، ރާއްޖޭގެ އިތުރު މަންޒިލުތަކަށް ދަތުރު ފުޅާކުރުމަށް ރާވާފައިވާކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި މިހާރު ބޭނުން ކުރާ ފްލައިޓްތަކާ ތަފާތުކޮށް މަންތާ މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ “ސެފަޔާ” އަދި “ކޮމްފޯޓް” ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

މަންތާ އެއާ އުދުހެން ފެށުމުން އެ އެއާލައިން ވެގެންދާނީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިންވަނަ އެއާލައިނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top