މަޖިލިސް އިންތިޚާބު އެޕްރީލް 6ގައި

vote-1.jpeg

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ އިންތިޚާބު އަންނަ އަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

މިއަދު އެ ކޮމިޝަނުން ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށާއި ވަގުތީ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަސް ކަމަށެވެ.

“އިިންތިހާބަށް ހުޅުވާލުމަށް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން މިދަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައި، ވަގުތީ ޑޭޓެއްގެ ގޮތުގައި 28 ޖެނުއަރީ 2019ގައި އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނަން،” ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އިންތިޚާބަށް ބޭނުންވާ ފައިސާ މިހާރު ވަނީ ބަޖެޓް ކުރެވިފައި ކަމަށާއި އެފައިސާ އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން ފިނޭންށް މިނިސްޓްރީން ވަނީ ދެއްވާފައި ކަމުގައެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް މިހާރު ވެސް ޕާޓީތަކުން ނާއި އަމިއްލަ ފަރާތްކުން ވާދަކުރައްވާ ބޭފުޅުން ވަނީ ކެމްޕޭން ފަށާފަ އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންގެ މަޖިލިސް ބާއްވާއިރު މިހާރު 85 މެންބަރުން ތިއްބަވާއިރު، އަންނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top