އަންހެނެއްގެ އިނގިލީގައި ދަތްއަޅައި އިނގިލި ބުރިކޮށްލައިފި

big_Y5NBDKRKBYhsfWxke1QX2Vgwl.jpg

ގއ.ވިލިނގިލި

އަންހެނެއްގެ އިނގިލީގައި ފިރިހެނަކު ދަތް އަޅައި، އިނގިލި ބުރިކޮށްލައިފި އެވެ.

ގއ. ވިލިނގިލީގައި އިއްޔެ ރޭ ފަތިހު ހިނގި މިމައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.

ފިރިހެން މީހާ ދަތް އެޅީ އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލީގައި ކަމަށް އެނގިފައިވެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުން ހާޒިރުކުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ މީހާ 150 ދުވަހަށް ޖަލަށް ލުމަށްވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ގާޒީ ވަޑައިގަތުމުން ކޮޅަށް ތެދުވުމަކީ ކޯޓުތަކުގައި އޮންނަ އުސޫލެވެ. އެ ގޮތަށް އަމަލު ކުރަން އޭނާއަށް އެންގުމުން ކޮޅަށް ނުތެދުވެ އެ ކަމަށް އިންކާރުކޮށް އެއީ “ކުފުރު އަމަލެއް” ކަމަށް އޭނާ ބުންޏެވެ.

ޝަރީއަތުން 10 ފަހަރު މަތިން އޭނާއަށް ކޮޅަށް ތެދުވާން އެންގި އެވެ. އެއިން ކޮންމެ ފަހަރަކު ކޯޓުގެ އަމުރަށް އޭނާ ނުކިޔަމަންތެރިވުމުން އެއިން ކޮންމެ ފަހަރަކަށް 15 ދުވަހުގެ ޖަލު ހުކުމެއް ގާޒީ އިއްވި އެވެ. އެއީ ޖުމުލަ 150 ދުވަސް (ގާތްގަނޑަކަށް ފަސް މަސް ދުވަސް) އެވެ.

އަނިޔާ ލިބުނު މީހެއްގެ އާއިލާ މީހެއްކަމަށްވާ ނަސްރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެމީހާ އެގެއަށް އައިސް މާރާމާރީ ހިންގަން ފެށި ރޭ ފަތިހު ކަމަށާއި އޭރު ގޭގައި ކުޑަކުދިންވެސް ތިބި ކަމަށެވެ. ނަމަވެސް މާރާމާރީގައި ކުއްޖަކަށް އަނިޔާވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.

“އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށާއި އާއިލާގެ އިތުރު މެމްބަރުންތަކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާތަކެއް ދީފައި. އަނިޔާތަކުގެ ތެރޭގައި މަންމަގެ އަތުގެ ދެ އިނގިލި ވަނީ އެއްކޮށް ބިންދާލާފައި. ދައްތަގެ އަތުގެ އިނގިއްޔެއް ވަނީ އޭނާގެ އަނގައިން ކާލައި ކަނޑައި ވައްޓާލާފައި. ބޭބެގެ މޫނުމަތި ވަނީ ދުޅައަރުވާލާފައި،” ނަސްރު ބުންޏެވެ.

ހަމަލާ ދިނުމާ ގުޅިގެން އަނިޔާވި ހަތަރު މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ ވިލިނގިއްޔަށް ދިޔައީ އެ ރަށުގައި ދިރިއުޅޭ، އޭނާގެ ކުރީގެ ކައިވެންޏަކަށް ލިބިފައި ތިބި ދެ ދަރިންނާ ބައްދަލުކުރުމަށެވެ. މާރާމާރީ ހިނގަން މެދުވެރި ސަބަބަކަށްވީ ދަންވަރު 3:00 ހާއިރު އަލީ ހަސަން ފަތިސް ނަމާދަށް ކަމަށްބުނެ ދަރިން ގެންދަން އުޅުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top