ވަޒީރުންގެ އާއްމު ފޯރަމް މިރޭ

GEqXJ0kakAAiVWa.webp

ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ އާއްމު ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ފޯރަމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.

”އަހާ”ގެ ނަމުގައި ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ މިރޭ 8:30ގައެވެ.

“އަހާ” ގެ ނަމުގައި ކުރިއަށްގެންދާ މިރޭ ބައްވާ މި ފޯރަމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ , އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު, އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު, މުހައްމަދު ސައީދު, އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު, ޢާއިޝަތު ޝިހާމް, އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު, ޑރ.ޢަބްދުﷲ މުއްތަލިބް ގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު, އަބްދުﷲ ރާފިއު އެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.

މި ފޯރަމް ބޭއްވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ މާލޭގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން އެ ފޯރަމްގައި ބޭނުން ސުވާލެއް،  އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނެއެވެ.

”ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެންބަރސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް، އަޅުގަނޑުމެން މި ދެންނެވި، ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަންހުރި ހުރިހާ ސުވާލެއް، ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް، ތިން މަހުން އެއްމަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުޞަތު ދޭނަން” ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ޕަބްލިކް ފޯރަމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ފޯރަމުގައި ވެސް ރައްޔިތުންނަށް އެމަނިކުފާނާ ސުވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top