ބިދޭސީ ރިސޯޓް މުވައްޒަފުން އިތުރުކުރަން ހުށަހަޅައިފި

Resort-Employee-Survey-2019-1-01-2048x1214-1.png

ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ

ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅެން ލާޒިމުކުރާ އަދަދަށްވުރެ ބިދޭސީ މުވައްޒަފުންގެ އަދަދު އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

އެތަނުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ ނިސްބަތް 30 ޕަސެންޓަށް ދަށްކޮށް ދިނުމަށެވެ. އެހެންވެ އެ ހުށަހެޅުމާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ނިސްބަތަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުން ހުރީ ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރަން ކަމަށެވެ. އެހެންވެ، އުސޫލަށް ބަދަލު ގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ބެލުމަށް ފަހު ކަމަށް ބުންޏެވެ.

މިހާރު އަމަލުކުރާ އުސޫލުން ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމައަށް ބިދޭސީ މުވައްޒަފުން ގެންގުޅެވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މި ވަގުތު 40،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 15،000 އެވެ.

“ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ” ގެ ދިރާސާއަކާ ހަވާލާދީ މަޓީން ހުށަހަޅާފައިވަނީ ބިދޭސީ ރިސޯޓުގައި ބިދޭސީ މުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސެންޓަށް ކުޑަކުރުމަށެވެ.

މަޓީން މިކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 2027 ވަނަ އަހަރާ ހަމައަށް ބޭނުންވާ ވަރަށް ދިވެހިން ނެތުމެވެ.

އެގޮތުން 2027 އާ ހަމައަށް ޓޫރިޒަމް ދާއިރާއަށް 78،000 މުވައްޒަފުން ބޭނުންވާއިރު އުފެއްދޭނީ 18،000 ދިވެހިން ކަމަށް ދިރާސާއިން ދައްކާކަމަށް މަޓީން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top