ސަލީމަށް ޕްރައިމަރީއަކާ ނުލާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުވެއްޖެ

IMG_5779-850x548-1.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް

އިތުރު މެމްބަރަކު ވާދަކޮށްފައި ނުވާތީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު، އަހުމަދު ސަލީމަށް ޕްރައިމަރީއަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންނަ ދައުރަށް އޭދަފުށީ ދާއިރާއަށް ވާދަކުރަން ކޯލިޝަންގެ ޓިކެޓު ލިބިއްޖެއެވެ.

ސަލީމާއި އެކު ޕީޕީއެމް ޕީއެންސީގެ 13 މެމްބަރަކަށް، ޕްރައިމަރީގައި ވާދަކުރަން ނުޖެހި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ކޯލިޝަންގެ ޓިކެޓު ލިބިފައިވެއެވެ.

ޕީޕީއެމް – ޕީއެންސީންގެ ޓިކެޓު ކަށަވަރު ކުރި ފަރާތްތައް:
1- ހޯރަފުށީ ދާއިރާ، އަލީ މޫސާ
2- ބާރަށު ދާއިރާ، އިބްރާހިމް ޝުޖާއު
3- ހަނިމާދޫ ދާއިރާ، އިދުރީސް އަބްދުﷲ
4- އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް
5- މަހިބަދޫ ދާއިރާ އަހްމަދު ތާރިޤު
6- ނިލަންދޫ ދާއިރާ، ފާތިމަތު ސައުދާ
7- ތިމަރަފުށި ދާއިރާ، އިބްރާހިމް ސަނާހް
8- ފޮނަދޫ ދާއިރާ، އަބްދުއްރަހީމް އަަބްދުﷲ
9- ހިތަދޫ މެދު ދާއިރާ، އަހްމަދު އަޒާން މަރުޒޫޤް
10- ހުޅުދޫ ދާއިރާ، މުހައްމަދު ޝާހިދު
11- ގަލޮޅު ދެކުނު ދާއިރާ، އިބްރާހިމް މުހައްމަދު
12- ހެންވޭރު ހުޅަނގު ދާއިރާ، އަލީ އިބްރާހިމް
13- ހުޅުމާލެ މެދު ދާއިރާ، އަބްދުﷲ ޝަޛީމް

އެ ޕާޓީން މިއަދު ބުނީ، އެ 13 ދާއިރާގެ ޓިކެޓު، މެމްބަރުންނަށް ކަށަވަރުވީ އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައި ނުވާތީއާއި، ބައެއް މެމްބަރުން ނަން އަނބުރައި ގެންދިއުމުން ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އަދަދާއި އެ ބޭފުޅުންގެ މައުލޫމާތު އަދިވެސް ޕީއެންސީ އަކުން ހާމައެއް ނުކުރެ އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް މީގެކުރިން އެންގުމާ ގުޅިގެން ޕީއެންސީގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި ބައެއް މީހުން ޕާޓީން ވަކިވުމަށްވެސް ހުށަހެޅި އެވެ. ނަމަވެސް ރައީސް މުއިއްޒު މިހާރު ވަނީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ވާދަކުރެއްވޭނެ ކަމަށް އަންގަވާފަ އެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ. ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top