އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެއަތޮޅަކަށް

igFKyjwH2XAketeiVWEiJrUYyJcMahVXB3Xg08GX.jpg

މާލޭގެ އުތުރު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅު ތަކާއި ހަވާލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު އާއި ކައުންސިލް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި އަތޮޅު ފިހާރަ ހުންނަ ކަމަށާއި، ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާއި ހަވާލުކޮށްފައި ނުވާ ކަމަށެވެ.

”އަޅުގަނޑުމެން ނިންމާފައި ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި ހަވާލު ކުރަން.“ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭރުން އަތޮޅު ކައުންސިލް ތަކަށް ރަށު ކައުންސިލް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރުވެސް އެބަ ހުރި އެގޮތަށް ހަވާލު ކުރަން ޖެހިފައިފައި ހުރި، އެކަމަކު ނުކޮށް ހުރި ފައިސާ،”.

ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެކަން ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ އަތޮޅަށް ނިސްބަތްވާ ފައިސާގެ އަަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއިން ހަވާލު ކުރެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން 2022 ވަނަ އަހަރު ނިންމި އެވެ. އޭގެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 ޕަސެންޓެވެ.

އެ ބަދަލު ގެނައުމުގެ ކުރިން ލިބިފައި ހުރި ފައިސާ ވެސް 2014 ވަނަ އަހަރުން ފެށިގެން ހުރީ ޖަމާނުކޮށް ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ޖަމާ ކޮށްދެއްވަމުންދާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top