ހިންދީ އެކްޓްރެސް ސާދުނާ މަރުވެއްޖެ

sadhana_640x480_81418398281.jpg

70ގެ އަހަރުތަކުގައި ބޮލީވުޑް ގައި ރަނިކަން ކުރި އެކްޓްރެސް ސާދުނާ ، އިންޑިއާގެ ހިންދޫޖާ ހޮސްޕިޓަލުގައި މިއަދު މަރުވެއްޖެއެވެ.

ސާދުނާ މަރުވީ ކެންސަރުބައްޔާ ހަނގުރާމަކުރުމުގައި ގިނަދުވަސްތަކަކު އުޅުމަށްފަހުގައެވެ.

74އަހަރުގެ ސާދުނާ މަރުވުމުގެ ޚަބަރު ލިބުމާއެކު ވަގުތުން އިންޑިއާގެ ސިޔާސީ ބައެއް ލީޑަރުންނާއި އެދުވަސްވަރު އޭނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ ވަހީދާރަހްމާން އާއި ހެލަންގެ އިތުރުން އޭރާއި މިހާރުގެ ތަރިންވެސް  އެގެއަށް ދިޔައެވެ.

ސާދުނާ ކުޅެފައިވާ ސުޕަރހިޓް ފިލްމުތަކުގެ ތެރޭގައި “މޭރާ ސާޔާ” އާއި “ވަގުތު” އަދި “ވޯކޯންތީ” ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top