ނިޔާމަބޯޓުގައި އަލިފާންރޯވެ ބޮޑުބައެއް އަނދައިފި

0_1451016269image35393843a12969741cf886e0babaf369039abc414b1043df2cd096c54b861b2bv_news.jpg

25ޑިސެމްބަރ: ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާމަ ބޯޓަށް ލިބިފައިވާ ގެއްލުން.

އޭދަފުށްޓާއި މާލެއާދެމެދު މުދާއުފުލައިގެން ދަތުރުކުރާ އޭދަފުށީ ނިޔާމް ބޯޓުގައި ރޭ އަލިފާންރޯވެ ބޯޓުގެ ބޮޑުބައެއް އަދައިގެން ހިނގައްޖެއެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި މި ބޯޓުގައި އަލިފާންރޯވެފައިވަނީ ރޭ ދަންވަރު 2:30 ކަށްހާއިރުއެވެ. އަލިފާން ނިއްވާލެވުނީ ތުޅާދޫ ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރިމަސައްކަތުން ފަތިހު 4:30އެހާކަށްހާއިރުއެވެ. ހާދިސާ ހިނގިއިރު ބޯޓުގައި މުދަލެއްނެތަކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ އަލިފާން ރޯވިއިރު އެބޯޓުގައި ބިދޭސީ ފަސް މީހުން ތިބިކަމަށާއި އެމީހުންބުނަނީ ބާރު އޑެއް އިވިގެން ބަލައިލިއިރު ރޯވެފައިވާ ކަމަށެވެ.

ނިޔާމަ ބޯޓަކީ އޭދަފުޢްޓާ މާލެއާ ދެމެދު އޮތް ހަމަ އެކަނި ބޯޓުކަމުން މިއީ އޭދަފުށީ ރައްޔިތުންނަށް ވެސް ލިބުނު ބޮޑު ގެއްލުމެއްކަމުގައި ގިނަބަޔަކު ބުނެއެވެ.

ތުޅާދޫ ފަޅު ތެރޭގައި އޮއްވާ “ނިޔާމަ” ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގެ ގެގަނޑުވަނީ އެއްކޮށް އަނދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top