ބޮޑުޗުއްޓީ ނިމެންދެން 11 ޖެހުމާހަމައަށް ފިހާރަތައް ހުޅުވާފައިބެހެއްޓޭގޮތަށް ހަމަޖައްސައިފި

Eydhafushi-stone-shop-640x336.jpg

ބޮޑުޗުއްޓީ ނިމެންދެން ނުވަތަ އަންނަޖެނުއަރީ މަހުގެ 14ވަނަދުވަހާ ހަމައަށް ރޭގަނޑު 11ޖެހުމާހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެނެކަމުގައި އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މިގޮތަށް ހަމަޖެއްސީ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވެފައި ގިނައަދަދެއްގެ ބަޔަކު ރޭގަނޑު ވިޔަފާރި ކުރުމަށ ނުކުންނާތީ އެމީހުންނަށް އެފުރުސަތު ދިނުމަށް ކަމުގައެވެ. މިކަމާގުޅިގެން ގިނައަދަދެއްގެ ބަޔަކު ފިހާރަތައް ރޭގަނޑު ބަންދުކުރާ ގަޑި 11 އާހަމައަށް ލަސްކޮށްދިނުމަށް އެދެމުން ދާތީއާ އެކުގައިވެސް މެއެވެ.

11ޖެހުމާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ވަގުތީ ހުއްދައެއް ދިނަސް ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވުމާއި ބަންދުކުރާ ގަނޑިތަކަކަށް ބަދަލެއް ނާދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top