ވިޒިޓް މޯލްޑިވްސްއިޔަރ 2016 ފެށުމަށް އާތިފް އަސްލަމް

front-page.jpg

ވިޒިޓް މޯލްޑިވްސް އިޔަރ ފެށުމުގެ މުނާސަބަތުގައި ޝޯއެއް ދިނުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އާތިފް އަސްލަމް މާލެ އަންނަން ހަމަޖެހިއްޖެކަމުގައި އާތިފްގެ ފޭސްބުކްގައި އޭނާ ބުނެފިއެވެ.

“ތޫޖާނެނާ” އާއި “ބޭއިންތިހާ ” ފަދަ ރީތި ލަވަތައް ކިޔާފައިވާ ޖާދުވީ އަޑެއްގެ ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އާތިފްގެ ފޭސްބުކްޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައިވަނީ ރެކޯޑް އަދަދަކަށް ޓޫރިސްޓުން ގެނައުމަށް ރާއްޖެއިން ފަށާފައިވާ “ވިޒިޓްމޯލްޑިވްސް އިޔަރ2016 ” ފެށުމުގެ ގޮތުން މިމަހުގެ 31ވަނަ ދުވަހުގެ ރޭ މާލޭގައި ޝޯއެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ޝޯވ އިންތިޒާމުކުރާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް ) އިންވެސް މިކަން ވަނީ ޔަގީން ކޮށްދީފައެވެ. ޕީއެސްއެމްގެ ޑިރެކްޓަރ މުހައްމަދު ނިޔާޒު ވިދާޅުވީ އާތިފްއަސްލަމް ވިޒިޓް މޯލްޑިވްސް އިޔަރގައި ބައިވެރިވަނީ ޓުރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ޚާއްސަ ދައުވަތަކަށެވެ.

އާތިފް އަސްލަމަކީ ޕާކިސްތާން ރައްޔިތަކަށް ވިޔަސް އޭނާ މަޝްހޫރުވެފައިވަނީ ބޮލީވުޑްގެ ފިލްމްތަކަށް ލަވަކިޔައިދީގެންނެވެ.

ދެ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ޝޯގައި އާތިފްގެ އިތުރުން ރާއްޖޭގެ ފަންނާނުންނާއި ސްޓާރޕްލަސްއިން ދެއްކި އިންޑިއާ ގޮޓް ޓެލެންޓް”އާއި “ޑާންސްޕްލަސް “ގެ 2015ވަނައަހަރުގެ 1ވަނަ ޑާންސް ގްރޫޕް، ވީކޮމްޕެނީގެ އައިޓަމްތަކެއްވެސް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޝޯއަށް އަދިވެސް އިތުރު ފަންނާނުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީއެސްއެމުން މައުލޫމާތު ދެއެވެ.

ޓޫރިޒަމް މިނިސްޓްރީއާ ޕީއެސްއެމާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިޝޯގެ ހުރިހާ މަސައްކަތެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ފަރާތުންނެވެ

އަލިމަސްއުފާ ކާނިވަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯ ފެށޭނީ މިމަހުގެ 30ވަނަ ދުވަހުގެ ރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top