ފަތުރުވެރިކަމަށް ދޫކުރި ބ.އަތޮޅުގެ ފަޅެއް ލިސްޓުން އުނިކޮށްފި

1.-Dhivehi-news-website-1-30-768x449-1.jpg

ފަތުރުވެރިކަމަށް ސަރުކާރުން ބީލަމަށް ހުޅުވާލި ރަށްރަށާއި ފަޅުތަކުގެ ލިސްޓުން ބ. އަތޮޅުގެ ފަޅެއް އުނިކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ފަޅުގެ އިތުރުން ތ. ކަނިމީދޫވެސް ވަނީ މި ލިސްޓުން އުނިކޮށްފަ އެވެ.

މި ދެ ތަން ލިސްޓުން އުނިކުރިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން ކުރިން ކޮށްފައިވާ އިއުލާނަށް ގެނައި އިސްލާހެއްގެ ތެރެއިންނެވެ.

ފަތުރުވެރިކަން ކުރަން ރަށްރަށާއި ފަޅުތައް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭމަހުގެ 30 ވަނަ ދުވަހުއެވެ. އެ ބުރުގައި ޖުމްލަ 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ދީފައިވެއެވެ.

ނަމަވެސް، މި ފަހަރު ގެނައި ބަދަލާއެކު 68 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް އޮންނަ ތ. ކަނިމީދޫ އާއި ބ. އަތޮޅުން ކަނޑައެޅި 0.62 ހެކްޓަރުގެ ފަޅު ވަނީ މިހާރު ލިސްޓުން އުނިކޮށްފައެވެ. މި ދެތަން އުނިކުރި ވަކި ސަބަބެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައި އޮތް ރަށެކެވެ. އެއަށްފަހު، އެރަށް ވަގުތީ ގޮތުން ބެލެހެއްޓުން ކޮޅުމަޑުލު އަތޮޅު ކައުންސިލާ ހަވާލުކުރުމަށްފަހު، ސަރުކާރުން ނިންމީ އެރަށް ފަތުރުވެރިކަމަށް ހުޅުވާލުމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 63,248 ގައެވެ. ނަމަވެސް 2024 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 67,475 އަށް އިތުރުވެފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 4,227 އެނދުގެ ބޮޑު ކުރިއެރުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top