ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން އަންގައިފި

large_1497255936196pSV.jpg

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއް ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް އަޅަން އެފަދަ ފުޅި ބޭނުންކުރުމުން، ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ ކަމަށެވެ.

އެހެންވެ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 3034213 އާއި 7603204 އަށް ގުޅުމުން ލިބޭނެކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

ފިހާރަތަކާއި އޮންލައިން ޕްލެޓްފޯމް ތަކުގައިވެސް ، ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފެންފުޅިތަކަށް ދިޔާ ހަކުރާއި ކުރުނބާ ފެނާއި އެހެނިހެން ބުއިންތައް އަޅައިގެން ވިއްކުމަކީ ވަރަށް އާންމު ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top