ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ އެވޯޑް ބ.އަތޮޅު ހޮސްޕިޓަލަށް

Atoll-hospital.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

ސިއްހީ ހޭލުންތެރިކަން އިތުރު ކުރުވުމަށް އެންމެ ރަނގަޅު މަސައްކަތް ކުރާ ހޮސްޕިޓަލަށްް ދޭ އެވޯޑް ބ. އަތޮޅު ހޮސްޕިޓަލަށްމިއަދު ލިބިއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި ބ. އަތޮޅު ހޮސްޕިޓަލާ މި އެވޯޑު ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު އެވެ.

ސިއްހީ ހޭލުންތެރިން އިތުރު ކުރުވުމަށް އެންމެ ރަނގަޅު މަސައްކަތް ކުރާ ހޮސްޕިޓަލަށްްދޭ އެވޯޑް 2015 ވަނަ އަހަރުވެސް އެ ހޮސްޕިޓަލަށްވަނީ ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top