އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުމަށް ސެނޮކް ޓްރޭޑް އަށް

image-0-02-06-ca9e061c5189ae325fc321a5c4261a01fc6f8dad7b4f83b8f68fc541489ae719-V.jpg

އޭދަފުށީގައި ފެނުގެ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު އޮތް ރަސްމިއްޔާތުގައި މެންބަރު އަހްމަދު ސަލީމު ބައިވެރވެ ވަޑައިގެންނެވި

އެކަށީގެންވާ ބޯފެނުގެ ނިޒާމުގެ ހިދުމަތްހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އޭދަފުށީގައި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް މިނިސްޓްރީއޮފް އެންވަޔަރަންމަންޓްގެ ފަރާތުން ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތާރިގް އިބްރާހީމް އެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރުމުގެ އިތުރުން 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި ރަސްމިއްޔާތަށް ފަހު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އީވީ އާ ވާހަކަދައްކަވަމުން ވިދާޅުވީ މިއަދަކީ އަނެއްކާވެސް އޭދަފުށީ ރައްޔިތުންނަށް  އުފާވެރި ދުވަހެއްކަމަށާއި އޭދަފުށީގެ ފެނުގެ ނިޒާމާއި މާޅޮހު ނަރުދަމާގެ ނިޒާމު ފެށުމަކީ އޭނާ އަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އަދި މި ކަމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެކަން ކުރެވޭނެ މަގު ފަހި ކުރުމަށް ގިނަ މަސައްކަތް ތަކެއްވެސް ކުރެވިފައިވާނޭކަމަށް ސަލީމު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top