ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި

big_6GEeLrmxtgwT7qT-800x511-800x511-800x511-800x511-800x511-800x511-1.jpg

ސަރުކާރުގެ މައި ކުންފުނި ، އެސްޓީއޯ އިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ.

އެގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުވާނެ ކޮށް ޑީސަލް ލީޓަރެއް ވިއްކާނީ 11.13ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.77ރ އަށެވެ.

ތެލުގެ އަގަށް މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ފަހަރު ޑީސަލް ލިޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 30 ލާރި ހެޔޮކުރި އެވެ. މި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 10.21 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 10.11 ރުފިޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top