އަހްމަދު ޝިފާއު (ސަންޖޫ ) ނިޔާ ވެއްޖެ

1476151_851004771622561_6026228467473864523_n-1.jpg

އަހްމަދު ޝިފާއު (ސަންޖޫ ) 1976- 2018

އޭދަފުށީ އަންނާރުމާގޭ އަހްމަދު ޝިފާއު (ސަންޖޫ ) މިއަދު ވަރަށް ހެނދުނު ނިޔާ ވެއްޖެއެވެ. އުމުރުން 42 އަހަރުގެ ސަންޖޫ ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއްގައި ކެންސަރު ބަލީގައި ބަލިވެ އުޅުއްވުމަށްފަހު މާލޭގެ އައިޖީއެމް ހޮސްޕިޓަލުގައެވެ.

އޭނާ ނިޔާވި އިރު އަންބަކާއި ތިން އަހަރުގެ އަންހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މާލޭގެ އާ ސަހަރާ މިސްކިތުގައި މިއަދުގެ މެންދުރު ނަމާދަށް ފަހުއެވެ. މި ކަށުނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރި ވުމަށް އާއިލާއިން އެދެއެވެ.

ޝިފާއު ނެތުމުން އާއިލާއަށް ލިބުނު ފުން ހިތާމައިގާ އީވީގެ ފަރާތުން ބައިވެރިވެ ތައުޒިޔާ ކިޔަމުއެވެ. މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top