އޭދަފުށީގައި ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި

DSCN3530-800x490-800x490.jpg

އޭދަފުށީ ހިއްކި ބިން

އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

މި ކަމާ ގުޅިގެން އެ މިނިސްޓްރީން ކުރި އިއުލާނުގައި އޭދަފުއްޓާއެކު ޖުމްލަ ހަ ރަށުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލްގެ ދަށުން 500 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.  އެހެންވެ އެ މަސައްކަތަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހަޅަން ވަނީ ދައުވަތު ދީފަ އެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަތުމުގެ ފަހު ތާރީޚަކީ އަންނަ ހަފްތާގެ ބުދަ ދުވަހާ ހަމައަށެވެ. ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

އޭދަފުށީގައި ކޮންޓްރެކްޓަރ އަމިއްލަ ޚަރަދުގައި 100 ހައުސިންގޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް މި ދިޔަ މާޗް މަހު19 ގައިވެސް ފިނޭންސް މިނިސްޓްރީން އިއުލާން ކުރިއެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އެއިއުލާނު ބާތިލު ކުރި އިރު ބާތިލް ކުރެއްވީ ކީއްވެގެން ކަންވެސް ބުނެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top