އަންނަ މަހު ސަރުކާރާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ފަށާނެ: ޕީޕީއެމް /ޕީއެންސީ

viber_image_2020-10-20_16-10-22.jpg

އަންނަ މަހު ސަރުކާރާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ފަށާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް /ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ މިއަދު ދިވެހި ދައުލަތުގެ ބާރު އޮތީ އެހެން ގައުމެއްގެ އަތް މަތީގައި ކަމަށާއި އެގޮތުން އިދިކޮޅުން ކުރަމުން އަންނަނީ ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޖިހާދެއް ކަމަށެވެ. އަދި މިކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން މަގުތަކަށް ނިކުތުން ކަމަށާއި އަންނަ މަހު އެކަން ފަށާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ދެނެއް މައިތިރިއެއް ނުކުރެވޭނެ” ޝުޖާއު ވިދާޅުވިއެވެ.

ސުޖާއު ދިވާޅުވީ މި ސަރުކާރަކީ ވައްކަން ކުރިޔަސް ރަން ތާޖު ދޭ ސަރުކާރެއް ކަމަށާއި މިކަންކަން ބަލަހައްޓައިގެން ނުތިބޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އަންނަ މަހަކީ ބޮޑު މަހެއް ކަމަށާއި ރައްޔިތުން ތައްޔާރަށް ތިބުމަށް ޝުޖާއުގޮވާލެއްވި އެވެ.

މަގުމަތީގެ ހަރަކާތްތައް އަންނަ މަހު ފަށާނެ ކަމަށް ޝުޖާއު ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top