އެޗްޕީއޭއިން ކައުންސިލްތަކަށް: އުސޫލުތައް އެކުލަވައިލާއިރު، އެޗްޕީއޭގެ ލަފާ ހޯއްދަވާ!

20191125_075243.jpg

އޭދަފުށި ބަނދަރުމަތިގައި ބަޔަކު މަޑުކޮށްލައިގެން. ފޮޓޯ: އޭދަފުށި ވޮއިސް

ކޮވިޑާ ބެހޭ އުސޫލުތައް އެކުލަވައިލާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާ ހޯދަން ކައުންސިލްތަކަށް ގޮވާލައްވައިިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓްހައުސް ހުޅުވުމުގެ ކަންތައްތަކަށް ތައްޔާރުވަމުންދާ އިރު، ބައެއް ރަށްރަށުގެ ކައުންސިލުން އެކައުންސިލްގެ އަމިއްލަ އުސޫލުތައް އެބަ އެކުލަވާލާ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުމާ ގުޅޭ ގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ ހިލާފަށް ކައުންސިލްތަކުން އަމިއްލަ އުސޫލުތައް ހަދާ ކަމަށްވާނަމަ ބައެއް ކަހަލަ މައްސަލަތައް ފެންމަތިވާނެ ކަމަށެވެ.

“އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ކަހަލަ ގޮތަކަށް ކަންތައް ކޮށްފިނަމަ، މައްސަލަތަކެއް ދިމާވުން އެކަށީގެންވޭ. މިސާލަކަށް އެކި ރަށްރަށުގައި ކަންތައްތައް ކުރެވޭ ގޮތް ތަފާތުވުން. ނުވަތަ އަޅުގަނޑުމެން ބޭނުން ނުވާ ފަދަ އިތުރު ދަތިތަކެއް މީހުންނަށް ކުރިމަތިވުން،” ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ގައިޑްލައިންތައް ހަދާފައި ހުންނަނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަމާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަނީ ކިހާވަރެއްގެ އުނދަގޫތަކެއްތޯ ބެލުމަށްފަހުގައި ކަމަށާއި އެހެންކަމުން ކައުންސިލްތަކުން އުސޫލުތައް ހަދާއިރުވެސް އެޗްޕީއޭގެ ލަފާ ހޯދުން މުހިންމު ކަމަށެވެ.

ގެސްޓްހައުސްތައް ހުޅުވާލުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top