ކުންޏާއި ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތެއް މާޅޮހު ސްކޫލްކުދިން ހިންގައިފި

large_156068690358kxEn.jpg

“ނަމޫނާ ބ.އަތޮޅު “މަޝްރޫއުގެ ދަށުން މާޅޮހު ސްކޫލްގެ ދަރިވަރުންގެ މެދުގައި ސިންގަލް ޔޫސް ޕްލާސްޓިކާއި އެހެނިހެން ކުނި މަދުކޮށް، ރީސައިލަކް ކުރުމުގެ އާދަ އަށަގެންނެވުމަށް އެރަށު ސްކޫލު ކުދިންގެ މެދުގައި ކުނި ނެގުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

“ޒީރޯ ވޭސްޓް ޗެލެންޖް”ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ގައި އެންމެ ގިނަ ކުނި ހޮވާ ގްރޭޑެއްގެ ދަރިވަރުން މޮޅުވާގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުން އެއްކުރި ކުނި ރީ ސައިކަލް ކުރުމަށް ވަނީ ނިންމައިފައެވެ.

މިދިޔަ މެއި މަހުގެ 19 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުން މޮޅުވާ ގްރޭޑެއް ހޮވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިން އެއްކުރާ ޕްލާސްޓިކް ކުންޏާއި ދަޅުފަދަ ތަކެތި ކަނޑައެޅޭ ވަކިދުވަސްތަކެއްގައި ކިރުމަށްފަހު ކޮންމެ ގްރޭޑަކަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ ދަށުން އެއްކުރި ކުނި ހުށަހަޅަންޖެހެނީ އެއްޗެއް ސާފު ކުރުމަށްފަހުއެވެ. އެގޮތުން ދަޅު އަދި ފުޅި ފަދަ އެއްޗެތީގައި ބާކީވެފައި ހުންނަ ކާނާފަދަ ތަކެތި ނުހުންނަ މިންވަރަށް އެތަކެތި ދޮވެ، ސާފުކުރަން ޖެހުނެވެ. މި ގޮތުން ދޮވެފައި ހުންނަ ކުނި ރީސައިކްލް ކުރުމަށް ނުވަތަ އިތުރަށް ޕްރެސްކުރުމަށް ގެންދެވޭނެއެވެ.

މި ހަރަކާރުން މޮޅުވާ ގްރޭޑްގެ ދަރިވަރުންނަށް ހަނިފަރުގައި މަންތާ ބެލުމަށް ސްނޯކްލިން ދަތުރަކާއި، ސޮނެވާފުށީގެ އޮބްޒަވޭޓަރީގައި އެސްޓްރޮނޮމީ ކްލާހެއް ނަގާދޭނެއެވެ. އަދި ތުއްތު ކުދިންނަށް ސޮނެވާފުށީގެ ކުޑަކުދިންގެ ޕާކް، ‘ޑެންގައި’ އެއްދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ފެބްރުއަރީ މަހު އެކުލަވާލެވުނު “ނަމޫނާ ބ. އަތޮޅު” މަޝްރޫއަކީ ބ. އަތޮޅު ކިހާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން، ސޮނެވާފުށްޓާއި ގުޅިގެން، މިތިންރަށަށް ދިމާވެފައިވާ ސިންގްލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top