2018 އުއްމީދު: ޖެނުއަރީމަހު ދަތުގެ ހިދުމަތް ފެށުމަށް މަސައްކަތް އެބަކުރަން – ބ. އަތޮޅު ހޮސްޕިޓަލް

25075679_10155466220248402_1537542709_o-1.jpg

ދަތުގެ ހިދްމަތް ފެށުމަށް އަތޮޅު ހޮސްޕިޓަލްގައި މިދިޔަމަހު އިންސްޓޯލް ކުރި ޑެންޓަލް ކެއާ ޗެއަރ. ދަތުގެ ހިދްމަތް ޖެނުއަރީމަހު ފެށުމަށް އަންނީ ތައްޔާރުވަމުން

އަންނަ އަހަރުގެ ކުރީކޮޅު ބ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ދިނުމަށް  ތައްޔާރުވަމުން އަންނަކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިހެން ބުނީ އެތަނުގެ ހިދުމަތްތައް 2018 ވަނަ އަހަރު ކުރިއަރާނެ މިންވަރާ ބެހޭގޮތުން އެހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲއަށް ދެންނެވި ސުވާލެއްގެ ޖަވާބުގައެެވެ. ސިދުގީ ވިދާޅުވީ އަންނަ އަހަރު އާ ހިދުމަތަކަށް ފެށޭނެ އެއް ކަމަކީ ދަތުގެ ފަރުވާކަމަށެވެ. އަދި އެހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިޔަށްދާކަމަށްވެސް ސިދުގީ ވިދާޅުވިއެވެ.

“ވަރަށް ބާރަށް އެބަދޭ މަސައްކަތްތައް. ޑެންޓަލް ޗެއާ މިހާރު އެހުރީ އިންސްޓޯލް ކޮށް ނިމިފައި. ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް އިތުރު ޓޫލްތައް މިހާރު ނުލިބި ހުރީ. އެތަކެތިވެސް ހޯދުމުގެ މަސައްކަތް މިހާރު ބާރަށް ކުރިޔަށް އެބަދޭ.” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ދަތުގެ ޑޮކްޓަރު އަންނަ މަހުގެ ކުރީކޮޅު ލިބޭވަރުވާނޭކަމަށާ، އުއްމީދަކީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު ހިދުމަތް ފެށުންކަމަށެވެ. އަދި އެކަމަށްޓަކައި ހެލްތް މިނިސްޓްރީންވެސް މަސައްކަތް ކުރައްވަމުންދާކަމަށް ސިދުގީ ވިދާޅުވިއެވެ.

“ސީދާ އަޅުގަނޑު ނުދަންނަވާނަން ޖަނަވަރީގައި ފަށާނަމެކޭ. އެކަމަކު މިމަހު ފަހުކޮޅު ނުވަތަ އަންނަމަހު ކުރީކޮޅު ޑޮކްޓަރުވެސް ހަމަޖެހޭނެ. މިނިސްޓްރީންވެސް ވަރަށް މަސައްކަތް ކުރައްވާ އަވަސް ކުރެއްވޭތޯ”

24 ގަޑިއިރު ހިދުމަތް ދެމުންއަންނަ ބ. އަތޮޅު ހޮސްޕިޓަލްގައި 4 ދާއިރާއެއްގައި މިވަގުތުވެސް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އެއީ އަންހެނުންގެ ހާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަދި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން މިއަހަރު އަލަށްފެށި ސާޖަރީ ޑޮކްޓަރުގެ ހިދުމަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top