ވަޖީހަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު

309311_8bb2d4c3-e_-scaled.jpg

ފޮޓޯ: ރައީސް އޮފީސް

ބ.އޭދަފުށީ ޕޭންޓްލޭންޑް މުހައްމަދު ވަޖީހަށް ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފި އެވެ.

މި އިނާމު ވަޖީހަށް ދެއްވީ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއާ ލީޑިންގ ޓީޗަރުކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި ވަޖީހު، ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައި 30 އަހަރު ވަނީ ހޭދަކުރައްވާފައެވެ. މި ދިގު ކެރިއަރުގައި އީޕީއެސްއެސް ސްކޫލްގައި އަދި އަހްމަދިއްޔާ ސްކޫލްގެ އެތައް ސަތޭކަ މދަރިވަރުންނަށް އޭނާވަނީ އުނގަންނައިދެއްވާފަ އެވެ.

ތައުލީމީ ދާއިރާގެ އިތުރުން އޭނާއަކީ ނޫސްވެރިއެއްވެސް މެއެވެ. އެގޮތުން އޭނާވަނީ 1989 ވަނަ އަހަރު ‘ޒުވާނުންގެ އަޑު’ ކިޔާ މަޖައްލާއެއް ވެސް ނެރުއްވާފަ އެވެ. އަދި 1990ވަނަ އަހަރު ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ނެރެމުން އައި ހުކުރު ނޫހުގެ ލިޔުންތެރިއެއްގެ ގޮތުގައްޔާއި ހަވީރު ނޫހުގެ ޒުވާނުންގެ ސަފުހާއާއި ސްކޫލު ކުދިންގެ ސަފުހާ ލިޔުއްވުމުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ.

މިހާރު ވަޖީހަކީ، އޮންލައިން މަޖައްލާ “އީ.ޕީ.އެސް. ހަނދާން” އާއި، އޮންލައިން ނޫސް “އަހްމަދިއްޔާ 1982” އަދި “ބީފާނު” ގެ އެޑިޓަރެވެ.

ވަޖީހު ހޯއްދެވި މި މަތިވެރި ކާމިޔާބަށް އީވީގެ ފަރާތުން ތަހުނިޔާ އަރިސް ކުރަމުއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top