ވޭޕް ވިއްކާ މީހުންނަށް އެޗްޕީއޭގެ އިންޒާރު!

lp8cdfjb-1536x993.jpeg

ވޭޕް، ޝީޝާ، ހީޓެޑް ޓޮބޭކޯ އަދި އީސިނގިރޭޓަކީ ވެސް ދުންފަތުގެ ބާވަތްތައް ކަމަށް ބުނެ އެބާވަތްތައް އިސްތިހާރު ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިންޒާރު ދީފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރުމަކީ ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނުން މަނާކަމެއް ނަމަވެސް ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް ވަކިން ހާއްސަކޮށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރަމުންދާ ކަމަށެވެ.

ޝީޝާއާއި ދުންފަތާ ހީޓެޑް ޓޮބޭކޯގެ އިތުރުން ވޭޕް އަދި އީ ސިނގެރޭޓަކީ ވެސް ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށް ވާއިރު އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިފަދަ ވިޔަފާރިތައް ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ބައެއް އިޝްތިހާރު ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށާއި އަދި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމާއި އޭގެން ލިބޭ ސިއްހީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުން ނުވާކަމަށް ބުނެ ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ މީހުންނާއި އާންމު ރައްޔިތުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކުންވެސް ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް އެޗްޕީއޭ އިން ހަނދާން ކޮށްދީފައިވެ އެެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އަހުލުވެރިވާން ބޭނުންވާނަމަ އެޗްޕީއޭއަށް ފޯނު ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެޗްޕީއޭގެ އިއުލާނުގައި އެދިފައި ވެއެވެ.

ދުންފަތް ކޮންޓުރޯލު ކުރުމުގެ ގާނޫނު ބުނާ ގޮތުން އެގާނޫނާއި ޚިލާފުވާ ފަރާތްތައް -/500 ރުފިޔާ އާއި -/100000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top