ގޮއިދޫ އިސް މެޖިސްޓްރޭޓް ވަކިކުރަނީ

Y8puXn6yd7LYuBdaCWOnE92uPsHXdv31JCv3Cr9r-1.jpg

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ނިޝާރުއާއި ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ.

ނިޝާރު ވަކިކުރަން ޖޭއެސްސީން ނިންމީ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ގަޒިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ތަނާޒުލު ވުމުން އެ ގަޒިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އަހުމަދު ނިޝާރު ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް އެ ގަޒިއްޔާ ބެލުމާ އަލުން ހަވާލުވެފައިވާ ކަމަށެވެ.

މިއީ ގާނޫނާއި ހިލާފު ކަމަކަށް ވާތީ، ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

މެޖިސްޓްރޭޓްގެ މަގާމުން ނަޝީރު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުން ނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top