ހިތާދޫ ޝައިޚް ހުސެން ޔޫސުފް އަވަހާރަ ވެއްޖެ

big_YiQD8y4PHO1w07e.jpg

ބ.ހިތާދޫ އައްޝައިޚް ހުސެން ޔޫސުފް އަވަހާރަވެއްޖެއެެވެ.

ޝައިހް ހުސައިން ޔޫސުފް އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު ރޭ އިންޑިޔާގެ ބެންގަލޫރުގަ އެވެ.

ޝައިޚް ހުސެންޔޫސުފަކީ ހިތާދޫގެ ގިނަ ދަރިންތަކަކަށް ދީނީ ތައުލީމު ދެއްވުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން އެރަށުގައި ދީނީ ތައުލީމުގެ ދަރިންތަކެއް އުފެއްދެވި ބޭފުޅެކެވެ. ހަމައެއާއެކު ހިތާދޫގައި އޭނާގެ އަމިއްލަ ޚަރަދުގައި ގިނަ ދުވަސް ތަކެއް ވަންދެން މަދަރުސާއެއްވެސް ހިންގަވާފައެވެ.

މަދީނާއިން ކިޔަވާ ވިދާޅުވި ހުސައިން ޔޫސުފް އަކީ ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާވަނީ ވަނީ ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. އަދި ދަށު ކޯޓްތަކުގައި އެކި ފަހަރުމަތީން ފަނޑިޔާރުކަން ކުރެއްވިއެވެ.

ޝައިހް ހުސައިން ޔޫސުފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަންވެސް ކުރައްވަވާފައެވެ. މީގެ އިތުރުން ޖަސްޓިސް މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ.

ހުސެން ޔޫސުފަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދު ދާއިރާގެމެންބަރު، ހިސާން ހުސެންގެ ބައްޕައެވެ. އަދި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕައެވެ.

ޝެއިޚް ހުސެއިން ޔޫސުފް އަވަހާރަވީ އިރު ދުނިޔޭގައި އަނބިކަނބަލަކާއި ހަތް ބޭފުޅުންނާއި 16 ކާފަ ބޭފުޅުންނާއި 4 މުނިކާފަ ބޭފުޅުން އެބަތިއްބެވި އެވެ. މީގެ އިތުރުން އުފަން ދަރީންގޮތަށް ގެންގުޅުއްވައި ބޮޑުކުރެއްވި ދެ ދޮންދަރީންވެސް އެބަ ތިއްބެވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top