މި ހަފްތާ ބަންދުގައި މުޅިރާއްޖެއަށް ވިއްސާރަ ކުރާނެ! -މެޓް

DSCN7583.jpg

އަންނަ ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ހާމަ ކުރި ގޮތުގައި ކުރިޔަށް މިހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެެވެ.

އެގޮތުން ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށާ މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅު ތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާ، މެދު ރާއްޖެތެރެއަށާއި، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެއެވެ.

މިއަދުގެ މޫސުމަށް ބަލާއިރު މެޓް އޮފީހުން ބުނަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top