މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

400.jpeg

މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ފައިސާއިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7062.65 ރުފިޔާއެވެ. ނަމަވެސް މިފަހަރު އެއަދަދު ވަނީ އިތުރުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެޕްރީލްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55 ( ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ ފަންސާސް ފަސް ލާރި) ކަމަށެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީމަހު ކަނޑައަޅާފައިވަނީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ފަސް ލާރި)އެވެ.

މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. އެހެންކަމުން އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާވަރަށް ފައިސާހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާއި އެއްގޮތައް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 ޕަސެންޓު)މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top