ދުސިތު ތާނީ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި

287062_17083016480055854774.jpg

ބ.މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓް ---ފޮޓޯ / އަގޯޑާ .ކޮމް

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިން ފުރަތަމަ ދެ ރިސޯޓުގެތެރެއިން އެއް ރިސޯޓަކަށް ބ. މުއްދޫ ގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓު ވެއްޖެ އެވެ. ތުނބުޅި ބެހެއްޓުމުގެ ހުއްދަދިން އަނެއް ރިސޯޓަކީ އިންޓާ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުން މިކަމަށް ހުއްދަ ދީފައިމި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމަށް ހުއްދަ ނުދޭތީ އެ ހައްގު ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ދުސިތު ތާނީ ރިސޯޓުން ވަނީ އެތަނުގެ މުވައްޒަފުންނަށް ތުބުޅި ބެހެއްޓޭނެ ގޮތުގެ ސާކިއުލާއެއް ނެރެފައިވާ އިރު ސާކިއުލާގައިވާގޮތުން ތުނބުޅި ބެހެއްޓޭނީ ކަންހުޅިއާއި ގުޅިގެންދާ ގޮތަށެވެ. އަދި ތުނބުޅީގެ ދިގު ކުރެވެނީ ދެ މިލިމީޓަރަށް ކަމަށާއި ހުންނަން ޖެހޭނީ ޑީސަންޓް ތުނބުޅިއެއް ކަމަށް ސާކިއުލާގައި ވެއެވެ. ސާކިއުލާގައިވާގޮތުގެ މަތިން ތުނބުޅި ބެހެއްޓުމަށް ބޭނުންނުވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް އެބަ އޮތެވެ.

ލަގްޒަރީ ރިސޯޓެއް ކަމަށް އިންޓަކޮންޓިނެންޓަލް މޯލްޑިވްސް އިން ވެސް އެތަނުގެ މުވައްޒަފުނަށް ތުނބުޅި ބެހެއްޓޭނެ ވަކި އުސޫލެއް އާންމުކޮށްފައިވެއެވެ. ތުބުޅި ބަހައްޓަން ޖެހޭނީ ވަރަށް ޑީސެންޓްކޮށް ކަމަށް އަންގާފައި ވެއެވެ.

ދުސިތު ތާނީ އާއި އިންޓަކޮންޓިނެންޓަލްގެ ނިންމުމަށް މަރުހަބާ ކިޔަމުން ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ ޓީމް ކުރި ޕޯސްޓެއްގައި ވަނީ ފިރިހެން މުވައްޒަފުން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށް ގޮވާލާފައެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނާ ގޮތުގައި ދުސިތް ތާނީގެ ނިންމުމާ ގުޅިގެން އެހެން ރިސޯޓުތަކުން ވެސް މިގޮތަށް އަމަލުކުރަން މަޖުބޫރުވާނެ އެވެ.

ރާއްޖޭގައި 170 ރިސޯޓެއް ހިންގަމުންދާއިރުގައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ޖެހެނީ ތުނބުޅި އެއްކޮށް ބަލާށެވެ. ކުޑަކޮށް ތުނބުޅި ބެހެއްޓުމުގެ ހުއްދައެއްވެސް ރިސޯޓްތަކުން ނުދެއެވެ. ތުނބުޅި ބެހެއްޓުމުގެ ހުއްދަ ހޯދުމަށް ވަރަށް ގިނަ ރިސޯޓް މުވައްޒަފުން ދަނީ ވަކާލާތު ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top